ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 13:39
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު އާއި ޕާޓީގެ ލީޑަރޝިޕްގެ އެހެން ބައެއް ބޭފުޅުން
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު އާއި ޕާޓީގެ ލީޑަރޝިޕްގެ އެހެން ބައެއް ބޭފުޅުން
އެމްޑީޕީ
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން
ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު އެންމެ ގިނަ ފައިސާ ލިބުނީ އެމްޑީޕީއަށް، އެއީ 15.1 މިލިއަން ރުފިޔާ
ފައިސާ ދޫކޮށްފައިވަނީ 6 ސިޔާސީ ޕާޓީއަކަށް
ޕާޓީތަކަށް ދޫކުރި ޖުމްލަ ފައިސާގެ އަދަދަކީ 43.7 މިލިއަން ރުފިޔާ

ދައުލަތުގެ 2024 ވަނަ އަހަރުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުޠު ހަމަވި ހުރިހާ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ 10 ސިޔާސީ ޕާޓީ ގެ ތެރެއިން، އެ ކޮމިޝަނުން ބުނީ ފައިސާ ދޫކުރީ 6 ޕާޓީ އަކަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފައިސާ ދުކޮށްފައިވާ ގޮތައް ބަލާއިރު މި އަހަރުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބުނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަށް 15.1 މިލިއަން ރުފިޔާ އެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި އޮންނަ ގޮތުން، ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގެ 0.01 އިން ސައްތަ ސިޔާސީ ޕާޓީތަކަށް ދޭން ޖެހެއެވެ. ފައިސާ ދޫކުރަނީ ބަޖެޓް ފާސްކުރާ އިރު ޕާޓީގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ.

މިއަހަރުގެ ބަޖެޓުން ދެވަނަ އަށް އެންމެ ގިނަ ފައިސާ ލިބުނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް 10.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، ތިން ވަނަ އަށް އެންމެ ގިނައިން ފައިސާ ލިބުނު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 8.0 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް 5.3 މިލިއަން ރުފިޔާ، އަދާލަތު ޕާޓީ އަށް 2.5 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ) އަށް 2.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަ ކޮށްފައެވެ.

2024 ވަނަ އަހަރުގެ ބަޖެޓުން 6 ސިޔާސީ ޕާޓީއަށް ދޫކުރި ފައިސާގެ ޖުމްލަ އަދަދަކީ 43.7 މިލިއަން ރުފިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
19 ޖޫން 2024 | ބުދަ 17:57
މހނ
ޑެން އެފައިސާ ފޮޓޯއިން އެފެންނަ 4 މީހުން ބަޑަށް އަޅީނީ އެހެން ބައެއްގެ ލޮލަކަށް ނުފެންނާނެ ބަލާބaލަ އެ އަނަސް އިހުސާނު ފިހާރައޭ ކިޔާފަ ހަދާފަހުރި ތަންތަން އހަރުމެން ދެކުނިން އޭނަގެ ބައްޕަ އުޅެމުންއައިގޮތް އެއީ އެމްޑީޕީގެ ލާރީގަ ހުޅުވިތަންތަން