ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 11:53
އަނަސްގެ މަރުގެ މައްސަލަ ބޭރުކޮށްލީ ތަހުގީގު ކުރަމުންދާ މައްސަލައެއްކަމަށް ބުނެ
އަނަސްގެ މަރުގެ މައްސަލަ ބޭރުކޮށްލީ ތަހުގީގު ކުރަމުންދާ މައްސަލައެއްކަމަށް ބުނެ
ފޭސްބުކް
އަނަސްގެ މަރު
އަނަސްގެ މަރުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީން ބޭރުކޮށްލައިފި
މައްސަލަ ބޭރުކޮށްލީ ތަހުގީގަށް ހުރަސް އެޅިދާނެކަމަށްބުނެ

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ މަރާލާފައިވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ބަލައިދިނުމަށް އެދި ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހުށައެޅި މައްސަލަ އެ ކޮމިޓީން ބޭރުކޮށްލައިފިއެެވެ.

 

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ރާއްޖެއެމްވީއަށް ވިދާޅުވީ، އެ މައްސަލަ ކޮމިޓީން ބޭރުކޮށްލީ، އެއީ ފުލުހުން ވަރަށް އިސްކަމެއްދީގެން ބަލަމުންދާ މައްސަލައެއްކަމަށް ބުނެ ކަމަށެވެ.

 

ބަލަމުންދާ މައްސަލައަކަށް ވާތީ ތަހުގީގަށް ހުރަސް އެޅިދާނެކަމަކަށް ބުނެ މި މައްސަލަ ބޭރުކޮށްލީ، މައްސަލަ ބަލަން ނުފެންނަކަމަށް ފޭދޫ ދާއިރާއަށް ނިސްބަތްވާ ޕީޕީއެމްގެ މެންބަރު އިބްރާހިމް ދީދީ ހުށައަޅުއްވާ، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކުގެ ތާއީދާއިއެކުގައެވެ.

 

ސަރުކާރު ހިންގާ ޕީޕީއެމުން ރިޔާސަތު ބަލަހައްޓާ ގައުމީ ސަލާމަތުގެ ކޮމިޓީއަށް މަޖިލީހުގެ ތިން މެންބަރަކު ސޮއިކޮށް ހުށައެޅުއްވި މިމައްސަލަ ބަލާފައިވަނީ، ސިއްރުކޮށްގެންނެވެ. އަދި އިދިކޮޅު މެންބަރުން މި ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދާންފެށުމުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މި މައްސަލައަކީ ވީހާވެސް ހާމަބޮޑުކޮށް، ހުޅުވާލެވިގެން ކުރިއަށް ގެންދަން ޖެހޭ މައްސަލައެއްކަމަށް އެ މެންބަރުން ފާހަގަކުރައްވާފައިވެއެވެ.

 

މި މައްސަލަ ބަލައިދިނުމަށް އެދި ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހުށައެޅުއްވީ، މައްޗަންގޮޅި އުތުރު ދާއިރާގެ މްންބަރު މާރިއާ އަހުމަދު ދީދީއާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް