ބޮލުގައި ހަން ފޮޅޭނަމަ މި މާސްކު އަޅާލަމާ
17 ޖޫން 2024 | ހޯމަ 11:17
ބޮލުން ހަން ފޮޅުން - ބޮލުތެރޭގައި އުފެދޭ ތެޔޮކަމާއެކު ދާހިތްލުމުން ވެސް ހަންފޮޅުމަށް މަގުފަހިވޭ
ބޮލުން ހަން ފޮޅުން - ބޮލުތެރޭގައި އުފެދޭ ތެޔޮކަމާއެކު ދާހިތްލުމުން ވެސް ހަންފޮޅުމަށް މަގުފަހިވޭ
ރާއްޖެއެމްވީ

ބޮލުގައި ހަންފޮޅުމަކީ ވަރަށް ބޮޑު އުނދަގުލަކަށް އޮންނަނީ ވެފައެވެ. މެޑިކަލް ޑޮކްޓަރުންނާއި ބިއުޓީޝަނުންނަށް ދައްކައިގެން ވެސް ފަރުވާ ކުރެވޭތޯ ބަލައެވެ. ހަންފޮޅުމަށް ޚާއްސަ އެތައް ބޭހެއް ބޭނުން ކުރެވެއެވެ. އެކަމަކު ބައެއް މީހުންނަށް އެކަމުގެ ނަތީޖާ އެންމެ ބޭނުންވާ ގޮތަށް ނުލިބެއެވެ. މިހެން ވުމުގެ ސަބަބުން މުޅި މީހާ މާޔޫސްވާ ގޮތް ވެއެވެ. ބޮލުން ހަންފޮޅޭ ނަމަ ގޭގައި ހުރެވެސް ކުރެވިދާނެ ބައިވަރު ކަން ކަން އެބަ ހުއްޓެވެ. މި ފަހަރު ކިޔުންތެރިންނަށް ގެނެސްދޭން މިއުޅޭނީ ގޭގައި ތައްޔާރު ކޮށްލެވިދާނެ މާސްކެކެވެ.

ބޭނުންވާ ތަކެތި:

  1. ޔޯގަޓު
  2. މާމުއި
  3. ލުނބޯ ހުތް

ތައްޔާރު ކުރާނެ ގޮތް:

ދެ ސައިސަމުސާ ޔޯގަޓުގެ ތެރެއަށް ލުނބޯ ހުތާއި، ސައިސަމުސަލެއްގެ މާމުއި އެޅުމަށްފަހު އެއްކޮށްލާށެވެ. ޔޯގަޓު މިކްސްޗަރ ރަނގަޅަށް މުޅި އިސްތަށިގަނޑާއި ބޮލުގެ ހަންގަޑުގައި އުނގުޅާލުމަށްފަހު 30 މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ބޯ ދޮވެލާށެވެ.

ކޮންމެ ހަފްތާއަކު އެއް ފަހަރު މި މާސްކު ބޭނުންކޮށްލުމުން ރަނގަޅުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް