ކ. މާލެ
|
17 ޖޫން 2024 | ހޯމަ 01:51
ކްރިމިނަލް ކޯޓު ސަރަހައްދުގައި ދެ ފުލުހަކު ފޯރި މަރަނީ
ކްރިމިނަލް ކޯޓު ސަރަހައްދުގައި ދެ ފުލުހަކު ފޯރި މަރަނީ
އަވަސް
މާރާމާރީގެ މައްސަލަތައް
ހޮނިހިރު ދުވަހުގެ ރޭ ހިންގި މާރާމާރީ އާއި ގުޅިގެން ހައްޔަރު ކުރި އެންމެން ތަހުގީގު ނިމެންދެން ބަންދުކޮށްފި
މާލެ ސަރަހައްދުގައި އިތުރު ދެ މާރާމާރީ އެއް ވަނީ ހިނގާފަ
އާދިއްތަ ދުވަހުގެ މެންދުރު 12:45 ހާއިރު މާލޭ ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި މާރާމާރީއެއް ހިންގި ކަމަށް ފުލުހުން ވަނީ ބުނެފަ

ހޮނިހިރު ދުވަހުގެ ރޭ މާލެ ސަރަހައްދުގައި ހިނގި މާރާމާރީ އާއި ގުޅިގެން ހައްޔަރު ކުރި އެއްމެން ތަހުގީގު ނިމެންދެން ބަންދުުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ މަލޭގެ ދަރުބާރުގޭ ސަރަހައްދުގައި މާރާމާރީ ހިންގި މައްސަލަ އަކާއި ގުޅިގެން ދިވެހި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ތަހުގީގު ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން ނިންމީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އާދިއްތަދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މާލެ ސަރަހައްދުގައި އިތުރު ދެ މާރާމާރީ އެއް ވަނީ ހިނގާފައެވެ. އެގޮތުން އާދިއްތަ ދުވަހު ހަވީރު ހުޅުމާލޭގެ ފިލިގަސް މަގުގައި މާރާމާރީ އެއް ހިންގި މައްސަލަ ވަނީ ފެންމަތިވެފައެވެ.

އެ ހާދިސާ އާއި ގުޅޭ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރަމުން، އެ އިދާރާ އިން ބުނެފައި ވަނީ އެ ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ދިއުމުން، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ދެ މީހުންނަށް ކަމަށާއި އެ ދެ މީހުން ކާރުގައި ފިލަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށް ފަހު އެ ސަރަހައްދުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހުން ވަނީ ފިިލާފައި ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. އެ ހާދިސާ ހިނގި ސަރަހައްދުން ފިލި އެކަކު މިހާރު ވަނީ ފެނިފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ދެން ހުރި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި ހާދިސާގައި އަނިޔާވި ފުލުސް މީހާ އަށް ވަނީ ފަރުވާދީފައެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުގެ މެންދުރު 12:45 ހާއިރު މާލޭ ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި މާރާމާރީއެއް ހިންގި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މާރާމާރީގައި ޒަހަމްވި ދެ މީހުންނަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް