ކ. މާލެ
|
17 ޖޫން 2024 | ހޯމަ 01:37
ދ.އަތޮޅު ހޮސްޕިޓަލްގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ދ.އަތޮޅު ހޮސްޕިޓަލްގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ޕީއެސްއެމް
ދެ ލޯންޗުޖެހި އެކްސިޑެންޓު ވުން
ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވުން - އަނިޔާވި 2 މީހުންގެ ހާލު ރަނގަޅު
ފުލުހުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުން އެ ހާދިސާ ހިނގީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި
ފުލުހުން ބުނީ އެ އެކްސިޑެންޓްގެ މައުލޫމާތު ލިބުމާއި އެކު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް

ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗުޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ އެ އެކްސިޑެންޓްގެ މައުލޫމާތު ލިބުމާއި އެކު އެ ހާދިސާ ހިނގި ސަރަހައްދަށް ގޮސް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަދި އެ އެކްސިޑެންޓާ ގުޅިގެން އަނިޔާވި ދެ މީހަކު ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ ދެ މީހުންގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުން އެ ހާދިސާ ހިނގީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި އެކްސިޑެންޑާއި ގުޅުން ހުރި އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ރާއްޖެ އެމްވީ އަށް މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި، އެ ދެ ލޯންޗް އެކްސިޑެންޓްވީ ފަހަތުން އައި ލޯންޗު، ދެން އޮތް ލޯންޗް ހުރަސް ކުރަން އުޅުމުގެ ތެރޭގައި، ދެ ލޯންޗް ޖެހުމުގެ ސަބަބުންނެވެ. ނަމަވެސް މި ހާދިސާ އަކީ އަދި ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަ އަކަށް ވާތީ އެކްސިޑެންޓް ހިނގި ސަބަބު ކަށަވަރުވާ ގޮތް ވަނީ ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް