ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 11:18
އެެއްވުންތަކުގައި ފުލުހުންވެސް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ
އެެއްވުންތަކުގައި ފުލުހުންވެސް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ
މުހައްމަދު ޝަރުހާން
ދިވެހި ފުލުހުން
ފުލުހުންގެ އަބުރާ ބެހޭ ނަމަ ފިޔަވަޅު އަޅާނަން: ސީޕީ އަރީފް
ފުލުހުންގެ އަބުރާބެހޭ ނަމަ އެ މައްސަލަތައް ބެލޭނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި
އަބުރުގެ ގާނޫނުގެ ދަށުން، އެކަން ބަލައި ގާނޫނީ ފިޔަވަޅު އަޅާނެ

ފުލުހުންގެ އަބުރާ ބެހޭ ނަމަ އެ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ދެއްވައިފިއެވެ.

 

ސީޕީ އަރީފް ސޮއިކުރައްވައި، ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަން އުޅޭއިރު އެކި ފަރާތްތަކުން ގާނޫނާ ޚިލާފަށް ފުލުހުންނާ މެދު އަބުރުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށެވެ. ފުލުހުން ގާނޫނީ މަސްއޫލިއްޔަތު އަދާކުރަން އުޅޭއިރު ފުލުހުންގެ އަމިއްލަ ޒާތާއި އަބުރަށް ހުތުރުވާ ގޮތަށް ބަހެއް އަދި އަމަލެއް ހިންގި ކަމަށް ފުލުހަކު ހުށަހަޅައިފި ނަމަ އަބުރުގެ ގާނޫނުގެ ދަށުން، އެކަން ބަލައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މި ބަޔާނުގައި ވެއެވެ.

 

މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ފުލުހަކާ މެދު މީހަކު ކުރާ އެފަދަ އަމަލެއްގެ ސަބަބުން އެ ފުލުހަކަށް ލިބޭ ގެއްލުމުގެ މަދަނީ ބަދަލު ހޯދުމަށް އެ ފުލުހަކު އަމިއްލަ ހައިސިއްޔަތުން ޝަރީއަތަށް ހުށަހަޅައި މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ދެވެން ހުރި އެންމެހާ ގާނޫނީ އެހީތެރިކަން ދޭނެ ކަމަށެެވެ.

 

ފުލުހުންގެ އަބުރާ ބެހޭ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި މިވަނީ، ސިޔާސީ މަޝްރަހު ހަލަބޮލިވެ، އެއްވުންތަކުގައި ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް ފުލުހުން ޣައިރު ގާނޫނީ، އަމަލުތަކަށް ތަބާވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެފަދަ ބައެއް ފުލުހުންގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް ފާޑުކިޔަމުން ދާދަނޑިވަޅެއްގައެވެ.

 

ފުލުހުންގެ ބައެއް މައްސަލަތައް ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 އޯގަސްޓް 2017 | ބުރާސްފަތި 14:14
ޞާޢީ
ފުލުހުން އެހެން މީހުންގެ އަބުރާ ބެހޭއިރުުއޯ؟؟ މި މީހުންގެ އެކަނިތަ އަބުރު އޮންނަނީ؟ އަމިއްލަޔަށް އަބުރު ގެއްލުވާފަ ކޮން އަބުރެކޭ ކިޔާކަށް
10 އޯގަސްޓް 2017 | ބުރާސްފަތި 11:46
ކަނައްކަފޫޅު
ފުލުހުން އާއްމު ރައްޔިތުންގެ އަބުރާބެހި އައުގުރާނަބަހުރަވާ އިން މުޚާތަބް ކުރީމާ ސީޕީ ހަމަ ހީނލަ ހީނލާ ހުންނާނީ ޮއޮތަ؟؟؟؟