ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 11:09
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ކޯޓަށް ހާޒިރުކުރަނީ
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ކޯޓަށް ހާޒިރުކުރަނީ
މުހައްމަދު ޝަރުހާން
ފާރިސްގެ މައްސަލަ
ފާރިސްގެ މައްޗަށް ކުރާ ޝަހުސް އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި
އެ އަޑުއެހުން ތާވަލްކުރީ، މިއަދު ހެނދުނު 10.30 އަށް

ބުރާސްފަތި ދުވަހަށް ތާވަލްކުރި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހުސް އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

 

ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކުރީ،  ބުރާސްފަތި ދުވަސް (މިއަދު) ހެނދުނު 10.30 ގައި ބޭއްވުމަށެވެ.

 

އަޑުއެހުން ކެންސަލްކުރީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން ދިރާސާކުރުމަށް ދައުލަތުގެ ވަކީލުން ވަގުތު ބޭނުންވާތީ އެވެ. ޝަރީއަތް ކެންސަލްކުރީ ފާރިސް ޝަރީއަތަށް ކޯޓަށް ހާޒިރު ވެސް ކުރުމަށްފަހު އެވެ.

 

ޝަހުސް އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތުގައި މިހާތަނަށް ގޮސްފައިވަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އަދި އޭނާގެ ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފަ އެވެ.

 

ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ކުރިއަށްދާއިރު ފާރިސްގެ މައްޗަށް ތުހްމަތުކުރާ ރިޝްވަތު ދިނުމުގެ ތުހުމަތުގެ ތަހްގީގަށް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
 

ރިޝްވަތު ދޭން އުޅުމުގެ ތުހްމަތު ފާރިސްގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މަޖިލިސް މެންބަރުންނަށް ރިޝްވަތުދޭން އުޅުނު ކަމަށްބުނެ އެވެ. ނަމަވެސް އެ މައްސަލާގައި އަދި ދައުވާ ކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް