ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 08:52
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
މިހާރު
މާރާމާރީ ހިންގުން
މާލޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
މާރާމާރީ ހިނގާފައި ވަނީ މާލޭގެ ދަރުބާރުގެ ކައިރީގައި

މާލޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީ ހިނގާފައި ވަނީ މާލޭގެ ދަރުބާރުގެ ކައިރީގައި ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 10:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާރީގައި އަނިޔާވި މީހާ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަަރުވާދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ސެނަހިޔާ އާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް