ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 08:34
ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ރާއްޖެއެމްވީ
އޮޅުވާލައިގެން ރާއްޖެ އަށް ސިނގިރެޓް އެތެރެކުރަން
ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސިނގިރޭޓް އަތުލައިގެންފި
ރާއްޖެ އަށް އޮލުވާލައިގެން މުދާ އެތެރެކުރުމަކީ މަނާކަމަކަށް ވާތީ މި މައްސަލަ މިހާރު ކަސްޓަމްސް އިން ދަނީ ތަހުގީގުކުރަމުން
ޝިޕްމެންޓް ޑިކްލެއަރކޮށްފައި ވަނީ 343 ކާޓަން ޕޭޕަރ ޓިޝޫ ހިމެނޭކަމަށް ބުނެ
އަތުލައިގަތް ޝިޕްމެންޓަކީ އޭގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ކަސްޓަމްސް އަށް ލިބުނު އިންޓެލެޖެންސް މައުލޫމާތާއި ގުޅިގެން ބަލާ ފާސްކުރި ޝިޕްމެންޓެއް

ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސިނގިރޭޓް އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަސްޓަމްސް އިން ބަލާ ފާސްކުރި ޝިޕްމަންޓަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ކަސްޓަމްސް އިން ބުނީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ ލިޔެކިއުން ނިންމުމާއި ބަލާފާސްކުރުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުން ދަނީ ރިސްކްމެނޭޖްމެންޓް ނުވަތަ ކަސްޓަމްސް ހިރާސް ނިޒާމްގެ ތެރެއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަަމަށެވެ.

މީގެ އިތުރުން ޝިޕްމެންޓްތައް ބަލާ ފާސްކުރަނީ ކަސްޓަމްސް އަށް ލިބޭ އިންޓެލިޖެންސް މައުލޫމާތަށް ރިއާޔަތްކޮށް ކަމަށް ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަތް ޝިޕްމެންޓަކީ އޭގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ކަސްޓަމްސް އަށް ލިބުނު އިންޓެލެޖެންސް މައުލޫމާތާއި ގުޅިގެން ބަލާ ފާސްކުރި ޝިޕްމެންޓެއް ކަމަށެވެ.

އެގޮތުން މޭ މަހުގެ 19 ދުވަހު ރާއްޖެ އައި އެ ޝިޕްމެންޓް ޑިކްލެއަރކޮށްފައި ވަނީ 343 ކާޓަން ޕޭޕަރ ޓިޝޫ ހިމެނޭކަމަށް ބަޔާންކުރުމަށް ފަހު ކަމަށް ކަސްޓަމްް އިން ބުނެފައެވެ. އެ މުދާ ބަލާ ފާސްކޮށްފައި ވަނީ 13 ޖޫން 2024ވީ ބުރާސްފަތި ދުވަހު ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

އެ ތަކެތި ބަލާ ފާސްކުރި 143 ކާޓަންގެ ޕޭޕަރ ޓިޝޫ އާއި 200 މާސްޓަރ ކާޓަންގެ ސިނގިރޭޓް ފެނިފައިވާ ކަމަށާއި، އެ ޝިޕްމެންޓުން 3,199,200 (ތިން މިލިއަން އެއްލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ) ސިނގިރޭޓް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައވެެ.

އެ ޝިޕްމެންޓުގައި ހިމެނޭ މުދާ ކަސްޓަމްސް އިން ވަނީ ހިފަހައްޓާފައެވެ.

މި މައްސަލަ މިހާރު ކަސްޓަމްސް އިން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް