ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 08:41
ްބްރެޒިލްގހެ ލެޖެންޑް ރޮނާލްޑީނިއޯ
ްބްރެޒިލްގހެ ލެޖެންޑް ރޮނާލްޑީނިއޯ
ޓްވިޓަރ
ކޮޕާ އެމެރިކާ 2024
މިއީ ބްރެޒިލްގެ އެންމެ ގޯސް ޓީމު: ރޮނާލްޑީނިއޯ
ރޮނާލްޑީނިއޯ ބުނީ، މުބާރާތުގައި ބްރެޒިލް ކުޅޭ އެއްވެސް މެޗެއް އޭނާ ނުބަލާނެ ކަމަށް

މިމަހު އެމެރިކާގައި ފަށާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގައި ބްރެޒިލް ކުޅޭ އެއްވެސް މެޗެއް ނުބަލާނެ ކަމަށް، އެ ޓީމުގެ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފި އެވެ.

ރޮނާލްޑީނިއޯ މިހެން ބުނީ، ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ ކުރިން، ބްރެޒިލްގެ ޤައުމީ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

ބްރެޒިލްގެ އެންމެހާ ސަޕޯޓަރުން އަދި ފުޓުބޯޅައިގެ ސަޕޯޓަރުންނަށް އަމާޒުކޮށް ރޮނާލްޑީނިއޯ ބުނީ، މުބާރާތުގައި ބްރެޒިލް ކުޅޭ އެއްވެސް މެޗެއް އޭނާ ނުބަލާނެ ކަމަށެވެ. އަދި ބްރެޒިލްގެ އެއްވެސް ކާމިޔާބެއްގައި ބައިވެރި ނުވާނެ ކަމަށާއި، އެއްވެސް ކަމެއް ފާހަގަ ނުކުރާނެ ކަމަށް ވެސް ރޮނާލްޑީނިއޯ ބުންޏެވެ.

ރޮނާލްޑީނިއޯ ބުނީ މިހާތަނަށް އައިއިރު އޭނާ އަށް ވަރަށް ކެތްކޮށްގެން ހުރެވިއްޖެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މިއީ ބްރެޒިލްގެ ފުޓުބޯޅަ އަށް ލޯބި ކުރާ އެންމެހާ ފަރާތްތަކާއި، ބްރެޒިލް އަށް ސަޕޯޓު ކުރާ އެންމެހަ ފަރާތްތަކަށް ެވސް ހިތާމަވެރި ވަގުތު ކޮޅެކެވެ. އެހެންކަމުން، ބްރެޒިލް ކުޅޭ މެޗުތައް ބަލާނެ ރޫޙު ހޯދުމަކީ ވެސް މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށް ރޮނާލްޑީނިއޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރޮނާލްޑީނިއޯ ބުނީ، ފާއިތުވި އަހަރުތަކަށް ބަލާއިރު މިއީ ބްރެޒިލްގައި އޮތް އެންމެ ގޯސް ޓީމު ކަމަށެވެ. އެހެން މީހުންނަށް އިޙުތިރާމްކޮށް، ނަމޫނާ ދައްކާނެ އެއްވެސް ލީޑަރަކު ބްރެޒިލްގެ ޓީމުގައި ނެތްކަން ފާހަގަކޮށް ރޮނާލްޑީނިއޯ ބުނީ، ޓީމުގައި ތިބީ އެއްވަރެއްގެ އާދައިގެ ކުޅުންތެރިން ކަމަށެވެ.

ހަމައެހެންމެ، މިހާ ގޯސް ޙާލަތެއް ދުވަހަކު ވެސް އޭނާ ދެކިފައި ނުވާ ކަމަށް ވެސް ރޮނާލްޑީނިއޯ ބުންޏެވެ. ޚާއްސަކޮށް ބްރެޒިލްގެ ޖާޒީ އަށް އެއްވެސް ލޯތްބެއް ނެތް ކަމަށާއި، ފުޓުބޯޅަ އަށް އެއްވެސް ޤަދަރެއް ނެތް ކަމަށް ވެސް ރޮނާލްޑީނިއޯ ބުންޏެވެ. އެ ވާހަކަތައް ޙިއްސާކުރުމަށްފަހު ރޮނާަލްޑީނިއޯ ބުނީ، ބްރެޒިލްގެ ކުޅުމަކީ މިހާތަނަށް އޭނާ އަށް ފެނުނު އެންމެ ގޯސް ކުޅުން ކަމަށެވެ.

ބްރެޒިލްގެ ސީނިއާ ޤައުމީ ޓީމަށް 97 މެޗު ކުޅެދީ، 33 ލަނޑު ޖަހާފައިވާ ރޮނާލްޑީނިއޯ އަކީ ބްރެޒިލްގެ އިތުރުން، ފުޓުބޯޅައިގެ އެންމެން ވެސް ނުހަނު އިޙްތިރާމް ކުރާ ކުޅުންތެރިޔެކެވެ. ރޮނާލްޑީނިއޯ ވަނީ ބްރެޒިލާއެކު 1999 ވަނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ އިތުރުން، 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި 2005 ވަނަ އަހަރުގެ ފީފާ ކޮންފަޑަރޭޝަން ކަޕް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް