ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 11:04
ރާއްޖެ ޤަތަރާއި ގުޅުން ކަނޑާލުމަށް ފަހު ވެސް އެގައުމުން ވަނީ ދިވެހިންނަށް ވިސާ ނުލައި އެތެރެވުމުގެ ހުއްދަދީފަ
ރާއްޖެ ޤަތަރާއި ގުޅުން ކަނޑާލުމަށް ފަހު ވެސް އެގައުމުން ވަނީ ދިވެހިންނަށް ވިސާ ނުލައި އެތެރެވުމުގެ ހުއްދަދީފަ
ރާއްޖެއެމްވީ
ގަތަރު-ރާއްޖެ
ދިވެހިންނަށް ވިސާއާ ނުލައި ގަތަރަށް އެތެރެވެވޭ ގޮތް ހަދައިފި
ދިވެހިން ހިމެނޭ ގޮތަށް 80 ގައުމެއްގެ ރައްޔިތުންނަށް ހުއްދަ ދީފައިވޭ
ބޭނުންވާނީ މުއްދަތު ހަމަވާން ހަ މަހަށް ވުރެ ގިނަ ދުވަސް އޮންނަ ޕާސްޕޯޓަކާއި ޓިކެޓު
މި ބަދަލާއެކު މެދުއިރުމަތީގައިވާ އެންމެ ހުޅުވާލެވިފައިވާ ގައުމަށް ގަތަރު ވެގެންދާނެ

ދިވެހިން ހިމެނޭ ގޮތަށް 80 ގައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި ގަތަރަށް އެތެރެވެވޭ ގޮތަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީ އާއި ޓޫރިޒަމް އޮތޯރިޓީން ހަމަޖައްސައިފި އެވެ.

ރާއްޖެ ހިމެނޭ ގޮތަށް 80 ގައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި ގަތަރަށް އެތެރެވެވޭ ގޮތް ހަދާފައި މިވަނީ، ސައުދީ އަރަބިއްޔާ އިސްވެ އޮވެ ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެން ރާއްޖެއިން ވެސް ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައި ވަނިކޮށެވެ.

ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ 80 ގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި އެގައުމަށް އެތެރެވެވޭނެ ކަމަށާއި ބޭނުން ވާނީ މުއްދަތު ހަމަވާން ހަ މަހަށް ވުރެ ގިނަ ދުވަސް އޮންނަ ޕާސްޕޯޓަކާއި ޓިކެޓް ކަމަށެވެ.

ގަތަރުން ނެރުު ލިސްޓުގައި ހިމެނޭ 33 ގައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި 180 ދުވަސް ވަންދެން އެގައުމުގައި ތިބެވޭނެއެވެ. އެގޮތުން 180 ދުވަސް ވަންދެން ތިބެވޭ ގައުމުތަކުގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކެވެ.

ރާއްޖެ ހިމެނޭ ގޮތަށް 47 ގައުމެއްގެ ރައްޔިތުންނަށް 30 ދުވަސް ވަންދެން ވިސާއާ ނުލައި އެގައުމުގައި ތިބެވޭނެ އެވެ.

ގަތަރުގެ ސަރުކާރުން ބުނާ ގޮތުގައި މި ބަދަލާ އެކު މެދުއިރުމަތީގައިވާ އެންމެ ހުޅުވާލެވިފައިވާ ގައުމަށް ގަތަރު ވެގެންދާނެ އެވެ.

ސައުދީ އަރަބިއްޔާގެ ފަހަތުން އަރަބި ހަ ގައުމެއް ގަތަރާ ގުޅުން ކަނޑާލާފައިވާއިރު، އަރަބި ދުނިޔޭގައި ނުހިމެނޭ ގައުމަކަށް ގަތަރާ ގުޅުން ކަނޑާލާފައި ވަނީ ރާއްޖޭން އެކަންޏެވެ. ރާއްޖެ އާއި ގަތަރުގެ 33 އަހަރުވީ ގުޅުން ރާއްޖެއިން ކަނޑާލީ ގަތަރުން ޓެރަރިޒަމަށް ފަންޑުކުރާ ކަމަށް ބުނެ އެވެ.

ގައުމުތަކުން ގުޅުން ކަނޑާލުމާ ގުޅިގެން ގަތަރުން ދަނީ އެހެން ބައްރުތަކުގެ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް