ކ. މާލެ
|
14 ޖޫން 2024 | ހުކުރު 19:09
ފުލުހުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ފުލުހުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ހަށިވިއްކުމުގެ މައްސަލަ
"މަކަރާއި ހީލަތުން އޮޅުވާލައިގެން ހިޔާ ފްލެޓުގެ އެޕާޓުމެންޓަކަށް މީހުން ގެންގޮސް، ބްލެކްމެއިލް ކުރި މައްސަލައިގައި އިސްކޮށް ހުރީ އަންހެނެއް"
މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހުމައިނާ ނޫން މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ
މި މައްސަލަ އާއި ގުޅުން ހުރި އިތުރު ބައެއް މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން

މަކަރާއި ހީލަތުން އޮޅުވާލައިގެންނާއި ހަށިވިއްކާނެ ކަމަށް ބުނެ ހިޔާ ފްލެޓުގެ އެޕާޓުމެންޓަކަށް މީހުން ގެންގޮސް، ބްލެކްމެއިލް ކުރި މައްސަލައިގައި އިސްކޮށް ހުރީ އަންހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެކަން ހާމަކުރީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ހުޅުމާލޭ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ފާހަގަކުރެއްވި ގޮތުގައި މި މައްސަލައިގައި އޮސްކޮށް ހަރަކާތްތެރިވި އަންހެން މީހާ އަކީ މާބަނޑު މީހެކެވެ. އެހެންކަމުން އޭނާ ހުރީ މި ވަގުތު ފުލުހުންގެ ބަންދުގައި ނޫންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ހަށިވިއްކާނެ ކަމަށް ބުނެ މަކަރާ ހީލަތުން މީހުން ގެންގޮސްފައި ވަނީ H5-03-18 އެޕާޓްމަންޓަށް ކަމަށވެެ. އަދި އޮޅުވާލައިގެން އެ އެޕާޓްމެންޓަށް މީހުން ގެންގޮސް ބްލެކްމެއިލްކުރި ފަސް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރު ކުރި 7 މީހުންގެ މައުލޫމާތު އައްމުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ގޯބިލިގަސްދޮށުގެ އާމިނަތު ހުމައިނާ ޒަކަރިއްޔާ އާއި ދަފްތަރު ނަމްބަރު 1835، އާއާޔަތު އައްބާސް އާއި ގ. ކަނދުމާގެއާގެ، ސަމާހް އަލީ އަދި ގއ. ދާންދޫ، ޕެލަސް ހައުސް، މުހައްމަދު އާދަމް އާއި ނ. ވެލިދޫ، ހިފާޒު، އަހުމަދު މާޖިދުގެ އިތުރުން ދ. ކުޑަހުވަދޫ، ސަންފްލާވާ، މުހައްމަދު މުނީރުއެވެ. އޭގެ ތެރެއިން ހުމައިނާ އަކީ މި މައްސަލައިގެ އެންމެ އިސްކޮށް އުޅޭ މީހާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހުމައިނާ ނޫން މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

ފުލުހުން ބުނީ ހިޔާފެލްޓެގް އެޕާޓްމެންޓަކަށް އޮޅުވާލައިގެން މީހުން ގެންދިއުމަށް ފަހު ބަރަހަނާކޮށް ފޮޓޯ އާއި ވީޑިއޯކޮށް ބްލެކްމެއިލްކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ ވެސް ކޮށްފައިވާ ކަމަށެވެ. އެފަދަ މައްސަލަތައް އަދިވެސް ރިޕޯޓް ނުކޮށް ހުރުން އެކަށީގެންވާ ކަން ފުލުހުން ވަނީ ފާހގަކޮށްފައެވެ. މި މައްސަލަ އާއި ގުޅުން ހުރި އިތުރު ބައެއް މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް