ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 07:39
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު
ޓްވިޓަރ
އަދުލުއިންސާފު
އިންސާފު މަރުވެ ކުނިވުމުން ދުވާ ވަސް މި ދައުލަތުން އެބަ ދުވާ: އަލީ ވަހީދު
ދައުލަތުން ދަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މައްޗަށް ތަފާތު ތުހުމަތުކޮށް ޝަރީއަތްކުރަމުން

އިންސާފު މަރުވެ ކުނިވުމުން ދުވާ ވަސް މި ދައުލަތުން އެބަ ދުވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

 

އަލީ ވަހީދު ބުދަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އިންސާފު މަރުވެ ކުނިވުމުން ދުވާނެ ހުރިހާ ވަހެއް ދިވެހި ދައުލަތުން މިހާރު ދުވާ ކަމަށެވެ.

 

އަލީ ވަހީދު މި ޓްވީޓް ކުރައްވާފައި މި ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ފަޓާސް ބަރިއެއްހެން ޝަރީއަތްތައް ހިންގަމުންދާ ދުވަސްވަރެއްގައެވެ. އަދި ދިވެހިރާއްޖޭގެ ޝަރުއީ ކޯޓްތާކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އިންސާފު މަރުވެ ކުނިވީމަ ދުވާ ހުރިހާ ވަހެއް ދިވެހި ދައުލަތުން  ދުވާކަމަށް އަލީ ވަހީދު ވިދާޅުވިއިރު، ޝަރުއީ ނިޒާމުގެ ތެރެއިން އިދިކޮޅު ގިނަ ސިޔާސީ ލީޑަރުންގެ މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.އަދި ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ މެންބަރުން ބަންދުކޮށް ބައެއް މެންބަރުންނަށް އެކި ކަހަލަ ތުހުމަތުތައްކޮށް ޝަރީއަތްތައް ދަނީ ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް