ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 07:43
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްގެންދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލްގެ ތެރެއިން
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްގެންދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލްގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި
ރަނގަޅުކުރަން ހުރި ކަންކަން ވަނީ ސްކޫލުގެ ވެރިންނާ ހިއްސާކޮށްފަ

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފިއެވެ.

ބުދަ ދުވަހުގެ ހެނދުނު ޣިޔާސުއްދީން ސްކޫލުގައި ބޭއްވި މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި، އެސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލު ކުރަން ޖެހޭ ގޮތްތައް ވަނީ ފަރިތަކޮށްފައެވެ.

އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ހާލަތެއްގައި ސްކޫލުގައި ތިބޭ ދަރިވަރުން ސްކޫލުން ނެރެގެން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތާއި، އެފްއާރުއެސްގެ ފަޔަރމަނުން އެސަރަޙައްދަށް ގޮސް އަލިފާން ނިއްވުމަށް މަސައްކަތްކުރާނެ ޕްލޭނަށް އެމްއެންޑީއެފުން ބުނީ މި ޑްރިލްގައި ފަރިތަކޮށްފައިވާ ކަމަށެވެ.

މި ފަޔަރ އިވެކުއޭޝަން ޑްރިލްއަށް ފަހު ޑްރިލްގައި ހިމެނިގެން ދިޔަ ކަންކަމާ ގުޅޭ ގޮތުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ މެނޭޖްމަންޓްގެ ފަރާތްތަކާއި އެމްއެންޑީއެފް އެފްއާރުއެސްއިން ބައްދަލުކޮށްފައިވާ ކަމަށާއި، މި ބައްދަލުވުމުގައި އިވެކުއޭޝަން ޑްރިލްގައި އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް