ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 12:05
ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން ލޯންޗެއް ބަލާފާސްކުރަނީ
ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން ލޯންޗެއް ބަލާފާސްކުރަނީ
ޕޮލިސް
އުޅަނދު ޗެކްކުރުން
ޢީދު ބަންދާ ދިމާކޮށް އުޅަނދު ޗެކްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި
މާލެ އޭރިއާގެ ބަނދަރުތަކުން ލަފާފުރާ އުޅަނދުފަހަރާއި ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ބަލާފާސްކުރާނެ
އޮޕަރޭޝަން ކުރިއަށްގެންދަނީ ބުދަ ދުވަހުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 6:00ށް

އީދު ބަންދާ ދިމާކޮށް އުޅަނދު ޗެކްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ އަޟްހާ އީދު ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ގިނައަދަދެއްގެ ބަޔަކު ފުރައި އަދި އަތޮޅުތަކުން މާލެއަށް ގިނަބަޔަކު ޒިޔަރަތްކުރާނެކަމަށް ބެލެވޭތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މެރިން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

ބުދަ ދުވަހުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 6:00ށް ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، މާލެ އޭރިއާގެ ބަނދަރުތަކުން ލަފާފުރާ އުޅަނދުފަހަރާއި ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލައިފާސްކޮށް އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން ލޯންޗެއް ބަލާފާސްކުރަނީ - ޕޮލިސް

އަދި އަތޮޅުތަކުން ލަފާފުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މައުލޫމާތުދިނުމާއި ބަލައިފާސްކުރުމުގެ ކަންކަން އަތޮޅުތަކު ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން ކުރިއަށް ގެންދާނެއެވެ.

މި އޮޕަރޭޝަނަކީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ އެންމެންނަށް ވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި އަޞްހާ އީދާ ގުޅިގެން މާލެއިން އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކަށާއި އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތައް ގިނަވެ ކާރުބާރު ބޮޑުވާނެކަމަށް ބެލެވޭތީ އެ ދަތުރުތަކަކީ އަމާން ރައްކާތެރި ދަތުރުތަކަކަށް ހެދުމަށާއި ކަނޑުމަތީގެ ހާދިސާތައް މަދުކޮށް ރައްޔިރުންނާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް