މަލާވީގެ ނައިބު ރައީސް ސައުލޯސް ޗިލިމާ ދަތުރު ކުރެއްވި މަތިންދާ ބޯޓު ވެއްޓި ބޯޓުން ދަތުރު ކުރި އިތުރު 9 މީހުން މަރުވެއްޖެ ކަމަށް މަލާވީގެ ރައީސް އަންގާރަ ދުވަހު އިއުލާން ކުރައްވައިފިއެވެ.
މަލާވީގެ ރަސްމީ ޓިވީން ވަނީ ބޯޓު ފަރުބަދަ އާއި ޖަންގަލީގެ ސަރަހައްދަކަށް ވެއްޓި ފުނޑުފުނޑު ވެފައިވާ މަންޒަރު ތައް ދައްކާފައެވެ.
ނައިބު ރައީސް ދަތުރުފުޅު ކުރެއްވި ބޯޓު ގެއްލުނު ކަން އެނގުނީ، އެ ބޯޓު ޖައްސަން ހަމަޖެހިފައިވާ އެ ގައުމުގެ މުޒޫޒޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޯޓު ޖައްސަން ހަމަ ޖެހިފައިވާ ޝެޑިއުލަށް ބޯޓުގެ ހަބަރެއް ނުވި ހިސާބުންނެވެ.
ނައިބު ރައީސް ދަތުރު ކުރެއްވީ މަލާވީގެ ޑިފެންސްގެ މަތިންދާ ބޯޓެއް ކަމަށާއި ބޯޓު ފުރީ މަލާވީގެ ވެރިރަށް ލިލޮންގްވޭ އިން ކަމަށް ޚަބަރުތައް ބުނެފައިވެއެވެ.
ބޯޓު ގެއްލުމާއެކު ހޯދުމުގެ މަސައްކަތް ކުރުމަށް މަލާވީގެ ރައީސްގެ އެންގެވުމަށް ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގައި މަލާވީގެ ޑިފެންސް ފޯސް އިން ބުނެފައިވަނީ ޑްރޯން އާއި 200 ސިފައިންގެ ފައުޖަކުން ބައިވެރިވި ކަމަށެވެ.
މަލާވީގެ ނައިބު ރައީސް އެތެރޭގެ މި ދަތުރުފުޅުގެ ކުރިން ސޯލްގައި ގައި ކޮރެއާ އެފްރިކާ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މަލާވީ އަށް ވަޑައިގަތީ ޖޫން މަހުގެ 6 ވަނަ ދުވަހު ކަމަށް ޚަބަރުތައް ބުނެފައިވެއެވެ.