ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 21:03
މަލާވީ ރައީސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުން
މަލާވީ ރައީސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުން
ރައީސް އޮފީސް
މަލާވީގެ ރައީސްއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ މަލާވީގެ ރައީސްއާ ބައްދަލުކުރައްވައިފި
ތަރައްގީގެ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, މަލާވީގެ ރައީސް ލަޒަރުސް ޗަކްވޭރާއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުން ކުރިޔަށް ދީޔައީ، ދޯހާގައި މިހާރު ކުރިޔަށްދާ، އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.

Advertisement

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރައްގީގެ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދީ، އެހީވުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދޯހާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ގައުމުތަކުގެ އިސްވެރިންނާ ވަކި ވަކިން ބައްދަލުކުރައްވައި ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ގެންދަވަނީ މަޝްވަރާކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް