ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 08:08
މަލާވީގެ ނައިބު ރައީސް
މަލާވީގެ ނައިބު ރައީސް
ރޮއިޓަރސް
މަލާވީގެ ނައިބު ރައީސް ހައްޔަރުކުރުން
މަލާވީގެ ނައިބު ރައީސްގެ މައްޗަށްކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައި މި ވަނީ އެތައް މަސްތަކެއްވަންދެން ކުރިއަށްގެންދިޔަ ތަހުގީގަކަށްފަހު

މަލާވީގެ ނައިބު ރައީސްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން, އޭނާ ހައްޔަރުކޮށްފިއެވެ.

މަލާވީގެ އެންޓި ކޮރަޕްޝަން ބިޔުރޯއިން ބުނީ، އެގައުމުގެ ނައިބު ރައީސް ސައުލޯސް ކްލޯސްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ހައްޔަރުކޮށްފައިވާކަމަށާއި، ދައުވާވެސް އުފުލާފައިވާކަމަށެވެ. ނައިބު ރައީސް ހައްޔަރުކޮށްފައި މިވަނީ އެތައް މަސްތަކެއް ވަންދެން ކުރިއަށްގެންދިޔަ ތަހުގީގަކަށްފަހު ކަމަށް، އެގައުމުގެ އެންޓި ކޮރަޕްޝަން ބިޔުރޯއިން ބުނެއެވެ.

ނައިބު ރައީސްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް އެންމެ ފުރަތަމަ ކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރު ގައުމާ މުޚާތަބުކުރައްވާ މަލާވީގެ ރައީސް ލަޒަރުސް ވަނީ، ނައިބު ރައީސް މަގާމުގެ ބާރުތަކުން ދުރުކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އޭރު ރައީސް ވިދާޅުވީ، ގާނޫނު އަސާސީ ބުނާގޮތުން، ނައިބު ރައީސް މަގާމުން ވަކިކޮށް ސަސްޕެންޑްކުރުމުގެ ބާރު ރައީސަށް ލިބިވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކުން ވަނީ ދުރުކުރައްވާފައެވެ.

ސައުލޯސްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނާ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓަށް ހާޒިރުކުރުމާއެކު ސައުލޯސްގެ ސަޕޯޓަރުންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގި މަންޒަރު މަލާވީގެ މީޑިޔާތަކުން ވަނީ ގެނެސްދީފައެވެ. ބެއިލްގެ ދަށުން މިހާރު މިނިވަންވެފައި ހުރި ސައުލޯސް މީޑިޔާއާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ހިނގަމުންދާ ކަންކަމާމެދު އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާކަމަށެވެ. ކޯޓުން ކަންކަން ކުރިއަށްގެންދާނެކަމަށެވެ.

މަލާވީގެ އެންޓި ކޮރަޕްޝަން ބިޔުރޯއިން ސައުލޯސްގެ މައްޗަށް ކުރަނީ، އިނގިރޭސި ވިޔަފާރިވެރިއެއްކަމުގައިވާ ޒުނެތުއާ ގުޅުންހުރި ދެ ކުންފުންޏަކަށް މަލާވީ ސަރުކާރުގެ ދެކޮންޓްރެކްޓެއް ކާމިޔާބުކޮށްދޭން އެހީވެދީ، އެކަމުގެ ފައިދާ ނެންގެވިކަމުގެ ދައުވާއެވެ.

- ކޮމެންޓް