ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 15:56
އިޒްރޭލު ސިފައިން ވައިގެ މަގުން ފަލަސްތީނަށް ދިން ހަމަލާއެއްގައި ޝަހީދުވި އާއިލާތަކުގެ މެންބަރުންތަކެއްގެ ޖަނާޒާގެ ތެރެއިން
އިޒްރޭލު ސިފައިން ވައިގެ މަގުން ފަލަސްތީނަށް ދިން ހަމަލާއެއްގައި ޝަހީދުވި އާއިލާތަކުގެ މެންބަރުންތަކެއްގެ ޖަނާޒާގެ ތެރެއިން
އަލް- ޖަޒީރާ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އާއްމުން އުޅޭ އެޕާޓްމަންޓަކަށް އިޒްރޭލް ސިފައިން ހަމަލާ ދީ ފަލަސްތީނުގެ 8 މީހަކު މަރާލައިފި
 
އިޒްރޭލް ސިފައިން ދިން ހަމަލާގައި ގިނައީ ކުޑަކުދިން، މަރުވި 8 މީހުންގެ އިތުރުން އެތައް ބަޔަކު ވަނީ ޒަޚަމްވެފަ

ގާޒާ ސިޓީގެ އާއްމުން އުޅޭ އެޕާޓްމަންޓަކަށް އިޒްރޭލް ސިފައިން ހަމަލާ ދީ ފަލަސްތީނުގެ 8 މީހަކު މަރާލައިފި އެވެ.

މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. މި ހަމަލާގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އިޒްރޭލުގެ ހަމަލާތައް ހުއްޓުމެއް ނެތި ގާޒާގެ ރައްޔިތުންނަށް ދެމުންދާއިރު، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހާމަ ކުރި ސުލްހައިގެ ޕްލޭނަށް އދ ގެ ސެކިއުރީ ކައުންސިލުން ހޯމަ ދުވަހު ވަނީ ރުހުން ދީފައެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ފާސް ކުރުމާ އެކު ހަމާސް އިން ވަނީ މަރުހަބާ ކިޔާފައެވެ. ހަމާސް އިން ބުނާ ގޮތުގައި އެއްބަސްވުމުގެ އަސާސްތައް ތަންފީޒް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ތަކުގައި ނުސީދާ ގޮތެއްގައި ބައިވެރިވާން އެ ޖަމާއަތުން އޮތީ ތައްޔާރަށް އޮތް ކަމަށެވެ.

ސެކިއުރިޓީ ކައުންސިލްގައި ސުލްހައިގެ އެއްބަސްވުމާ ބެހޭ ގޮތުން ކުރިއަށް ދިޔަ ވޯޓަށް ފަހު، އދ. ގައި ހުންނަވާ އިޒްރޭލްގެ ސަފީރު ވިދާޅުވީ، މާނަ އެއް ނެތް މަޝްވަރާ ތަކެއްގައި އިޒްރޭލުން ބައިވެރިވާން ބޭނުން ނުވާކަމަށެވެ. އިޒްރޭލުން ބުނަނީ އެފަދަ މަޝްވަރާ ތަކުން ހަމާސް އިން ފައިދާ ނަގާނެ ކަމަށެވެ. ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ އާ ބެހޭ ގޮތުން އިޒްރޭލުން ބުނަމުން އަންނަނީ ހަމަލާތައް ހުއްޓާލާނީ ހަމާސް މުޅިން ނައްތާލާފައި ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި މިހާތަނަށް 37،124 މީހުން މަރުވެފައި ވެއެވެ. އަދި 84،712 މީހުން ޒަޚަމްވެފައި ވެއެވެ. ހަމާސް ގެ ހަމަލާތަކުން މި މުއްދަތުގައި އިޒްރޭލުން މަރުވެފައި ވަނީ 1،139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް