ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 23:51
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު، ޑރ. އަފްރާޝީމް އަލީ އަދި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަޙުމަދު ރިލްވާން
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު، ޑރ. އަފްރާޝީމް އަލީ އަދި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަޙުމަދު ރިލްވާން
ރާއްޖެއެމްވީ
އަފްރާޝީމާއި ރިލްވާން
ޑރ. އަފްރާޝީމާއި ރިލްވާންގެ މައްސަލަ އަލުން ތަޙުޤީޤު ކުރަނީ
މި މައްސަލަތައް ތަޙުޤީޤު ކުރަނީ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ސެންޓަރުން
ޔާމީން ރަޝީދުގެ މައްސަލަވެސް ތަޙުޤީޤު ކޮށްފައިވަނީ އެ ސެންޓަރުން
މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ސެންޓަރަކީ އަލަށް އުފެއްދި ތަޙުޤީޤީ ޔުނިޓެއް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު، ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި މައްސަލަ އާއި ނޫސްވެރިޔާ އަޙުމަދު ރިލްވާން ގެއްލުވާލި މައްސަލަ އަލުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.

މި މައްސަލަ ތަޙުޤީޤު ކުރަނީ ފުލުހުންގެ ތެރޭގައި އަލަށް އުފެއްދި މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ސެންޓަރުންނެވެ.

ބުދަ ދުވަހު އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ، އަލަށް އުފެއްދި ސެންޓަރުގެ ތެރެއިން، ޑރ. އަފްރާޝީމާއި ރިލްވާންގެ މައްސަލަ ކުރިއަށްވުރެ ފުރިހަމައަށް ތަޙުޤީޤު ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު އެ ދެ މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޑރ. އަފްރާޝިމާއި ރިލްވާންގެ މައްސަލަ އަލުން ބަލަން ފަށާފައިވާއިރު މި ދެ މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގޮސްފައިވާ ގޮތާއިމެދުވެސް ރައްޔިތުންގެ ތެރޭގައި ވަނީ ނުކަނު ގިނަ ކަންބޮޑުވުންތައް އުފެދިފައެވެ. އެގޮތުން ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހ.ލޮބީ ޙުސައިން ހުމާމް މަރަން ހުކުމް ކުރި ނަމަވެސް، މި ޖަރީމާގެ ފަހަތުގައި ތިބި ބަޔަކު އަދިވެސް ހޯދިފައެއް ނުވެއެވެ.

މީގެ އިތުރުން ރިލްވާން ގެއްލުވާލިތާ 3 އަހަރު ވެފައިވާއިރު، އެ މައްސަލައިގެ ތުޙުމަތުގައި ހައްޔަރުކުރި އެންމެން ވަނީ ދޫކޮށްލާފައެވެ. އަދި އެ މައްސަލައިގައި ފުލުހުން މާބޮޑު މަޢުލޫމާތެއް ހާމަކޮށްފައި ނުވާއިރު، ފުލުހުން މިހާތަނަށް ހާމަކުރި މަޢުލޫމާތަކީވެސް ފުލުހުން އެ މަޢުލޫމާތު ހާމަކުރުމުގެ އަހަރަކަށް ވުރެ ގިނަ ދުވަސްކުރިން އަމިއްލަ ޖަމުޢިއްޔާއަކުން ހޯދައި އާންމު ކޮށްފައިވާ މަޢުލޫމާތެވެ.

ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ވެސް ތަޙުޤީޤުކޮށްފައި ވަނީ ފުލުހުން އަލަށް އުފެއްދި މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ސެންޓަރުންނެވެ. އެ މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ހަތް މީހެއްގެ މައްޗަށް މިހާރު ވަނީ ދަޢުވާ އުފުލާފައެވެ.

ފުލުހުން ބުނީ މޭޖަ ކްރައިމް އިންވެސްޓިގޭޝަން ސެންޓަރަކީ، ވަކިން ޚާއްސަކަމެއް ދީގެން ބަލާ ބޮޑެތި މައްސަލަތައް ތަޙުޤީޤު ކުރުމަށް އުފެއްދި ޔުނިޓެއް ކަމަށާ، މި ޔުނިޓުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
10 އޯގަސްޓް 2017 | ބުރާސްފަތި 08:18
ކަނައްކަ ފޫޅު
ރާއްޖޭގައި ހިންގާ ބޮޑެތި ޖަރީމާ ތަކުގެ ފަހަތުގައި ހުރި ގައްބަރު ސިންގްހް ދާދި އަވަހަށް ރައްޔިތުންގެ ލޯމައްޗަށް ކަޝްފުކުރައްވާޝި !!! އާމީން އާމީން.