ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 23:45
ގުޅިފައިވާ ޕާޓީތަކުން ބާއްވާ އިހްތިޖާޖްގެ ޕޯސްޓަރު
ގުޅިފައިވާ ޕާޓީތަކުން ބާއްވާ އިހްތިޖާޖްގެ ޕޯސްޓަރު
ޓްވިޓަރ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
މަޖިލިސް މެންބަރުންނަށް ގޯނާ ކުރުން ހުއްޓާލުމަށް ގޮވާލާ އިހުތިޖާޖެއް މާދަމާ ރޭ ބާއްވަނީ
އިހުތިޖާޖް އޮންނާނީ މާދަމާރޭ 9:15 ގައި އިވްނިންގ ގްލޯރީ ކައިރީގައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޯނާ ކުރުން ހުއްޓާލުމަށް ގޮވާލާ ބުރާސްފަތި ދުވަހުގެރޭ އިހުތިޖާޖެއް ބޭއްވުމަށް ގުޅިފައިވާ ޕާޓީތަކުން ނިންމައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުނީ މިއިހްތިޖާޖް އޮންނާނީ މާދަމާ ރޭ (ބުރާސްފަތި ދުވަހުގެރޭ) 9:15 ގައި އިވްނިންގ ގްލޯރީ ކަންމަތީގައި ކަމަށެވެ. 

ރައްޔިތުންގެ ބަދަލުގެ ނަމުގައި ބާއްވާ މިއިހްތިޖާޖަކީ މިފަދަ ގޮތަކަށް އިވްނިންގ ގްލޯރީ ކަންމަތީގައި ބާއްވާ މިފަދަ ފުރަތަމަ އިހުތިޖާޖެވެ.

ސުލްހަވެރި މިއިހްތިޖާޖުގައި  ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގުޅިފައިވާ ޕާޓީތަކުން އެދޭއިރު ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރަކު މިހާރު ވެސް ވަނީ ޖަލުގައި ބަންދު ކޮށްފައެވެ.

އަދި ދުވާލަކު ގިނަ މެންބަރުންތަކެއް ގެންދަނީ ފުލުސް އޮފީހަށް ހާޒިރު ކުރަމުންނެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ގުޅިފައިވާ ޕާޓީތަކުގެ މެންބަރުންނަށް ދައުވާތައް އުފުލިފައިވާއިރު ބައެއް މެންބަރުންގެ ޝަރީއަތްތައް ވެސް ދަނީ ގާތްގާތުގައި ބާއްވަމުންނެވެ. އަދި ގިނަ މެންބަރުންތަކެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ގުޅިފައިވާ ޕާޓީތަކުގެ އެއްލީޑަރ ކަމުގައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް ވަނީ އެމެންބަރުގެ ސިއްޙީ ހާލުކޮޅަށް ފަރުވާ ހޯދުމަށް ވެސް ހުރަސްއަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް ދުއްތުރާ ކުރަން ފަށާފައި  މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ  މައްސަލައެއް 45 މެންބަރުންގެ ސޮޔާއެކު އެމަޖިލީހަށް ހުށަހެޅި ހިސާބުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް