ކ. މާލެ
|
10 ޖޫން 2024 | ހޯމަ 23:27
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
މަޖިލިސް
އިޒްރޭލު ޕާސްޕޯޓް މަނާކުރުން
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
 
ސަރުކާރުން، ނޫނީ ރައީސުލްޖުމްހޫރިއްޔާ ހިސާބުން އައިސް އޮތީ އެގޮތަށް އަމަލުކުރުމަށް
 
މިއަދު ފެނިގެން ދަނީ އިޒުރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީން އެއްޗެކޭ ބުނަންނުކުރޭ މަންޒަރު
 
ޕީއެންސީގައި ތިބީ ސަރުކާރުން އެދުނު ހުރިހާ ގޮތަކަށް ކަންތައް ކުރަން އެ ސްޓޭމްޕު ހިފައިގެން ތިބި މެންބަރުން

އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ޕީއެންސީގެ މެންބަރުންނަށް ތެދުވެ ވާހަކަ ދައްކަން ނުކުރޭނެ ކަމަށާއި، ބޮލާއި ކަރުގައި އެޅި ހުދު ފޮށާ ގެއްލި ސަރުކާރާއި ރައީސް އޮފީހުން އެގޮތަށް އަންގާފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހެޅިފައިވާ ބިލަށް ބަހުސްކުރައްވަމުން ނާޒިލް ވިދާޅުވީ މިއަދު ފެނިގެން ދަނީ އިޒުރޭލުގެ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީން އެއްޗެކޭ ބުނަންނުކުރޭ މަންޒަރު ކަމަށެވެ. އަދި މަޖިލީހުގެ ތެރޭގައި ތިބީ ސަރުކާރުން އެދުނު ހުރިހާ ގޮތަކަށް ކަންތައް ކުރަން އެ ސްޓޭމްޕު ހިފައިގެން ތިބި މެންބަރުންކަން ބަހުސްކުރަން އެދުނު މެންބަރުންނަށް ބަލާލުމުން ސާފުކޮށް ފެންނަ ކަމަށެވެ.

މެންބަރަކު ވާހަކަފުޅުދައްކަވަން ބޭނުންފުޅުވެގެން ފިތާލާފައި ދެން އަންނަ މެސެޖަކުން އަނެއްކާ އެ މެންބަރު އެ ޑިލީޓްކޮށްލާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ މި ޕޯޓަލްއިން މިއަދު. ނުކެރޭނެ މިތާނގައި މި ވާހަކަދައްކާކަށް މި މެންބަރުންނަކަށް. އިއްޒަތްތެރި ރައީސް، ނުކުރޭނެ ޕީއެންސީ ޕީޕީއެމް މެންބަރުންނަށް މި ވާހަކަދައްކާކަށެއް މިއަދަކު ނުކެރޭނެ. އަޅުގަނޑުމެން މި ވާހަކަދައްކާނަން. އިއްޒަތްތެރި މެންބަރު ފަލާޙް ފާހަގަކުރައްވައިފި ކީއްވެތޯއޭ ނިމިދިޔަ ސަރުކާރުން މިކަން ނުކުރީ. އޮކްޓޫބަރު މަހޭ، ނޮވެންބަރު މަހޭ، އޭރު ތި ބޭފުޅުންގެ ވެރިޔަކު ރައްޔިތުން އިޚުތިޔާރުކުރައްވައިފި. 7 މަސްދުވަސްވެގެން މި ދިޔައީ ކީއްވެތޯ ނުކުރެވުނީ؟ ކުރެވޭނެ، ރައީސުލްޖުމްހޫރިއްޔާއަށް ގަރާރަކުން ވެސް ކުރެވޭނެ އެކަން. ދުއިސައްތަ އެތައް ދުވަހެއް ވޭތުވެގެން މި ދަނީ
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ ޕީއެންސީ ބޭފުޅަކަށް މިއަދު މިތާ ތެދުވެ ވާހަކަދައްކަވާކަށް އެ ބޭފުޅުންނަކަށް ނުކުރޭނެ ކަމަށާއި، ސަރުކާރުން، ނޫނީ ރައީސުލްޖުމްހޫރިއްޔާ ހިސާބުން އައިއްސަ އޮތީ އެގޮތަށް އަމަލުކުރުމަށް ކަމަށެވެ.

ނުކެރޭނެ ދައްކާކަށެއް. ތަކުރާރުކޮށް، ބޮލުފޮށާ އަޅައިގެން، ކަރު ފޮށާއަޅައިގެން މިތާ ތިބި ބޭފުޅުން އަޅުގަނޑުމެން ދުށިން މިއަދު. މިއަދު އެ ފޮށާގަނޑު ކޮބައިތޯ އިއްޒަތްތެރި ރައީސް. ފޮށައެއް ވެސް ނޯންނާނެ. މިކަމާބެހޭ ގޮތުން ވާހަކަދައްކާކަށް ވެސް ނުކުރޭނެ އިއްޒަތްތެރި ރައީސް. މިއީ އަޅުގަނޑު މި ދަންނަވާ ވާހަކަ. 241 ކޮމިޓީއަށް މި މައްސަލަ ދާ ވާހަކައާއި ކީއްވެތޯ 241 ކޮމިޓީއަށް ދާންޖެހެނީ. ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މި މައްސަލަ ދެވޭނެ. އަދި ހަފުތާއެއްގެ ތެރޭ މައްސަލަ ނިންމާފައި ފޮނުވައިލެވޭނެ. ފާހަގަކޮށްލާ ކުރިއަށް އޮތް 5 އަހަރު މީތި 241 ކޮމިޓީގައި ބާއްވަންތޯއޭ ތި ބޭފުޅުން ބޭނުންވަނީ؟ އެއީތޯ ތި ތާއީދުކުރައްވާ ކަމަކީ؟ ކޮންމެހެން ތާއީދުކުރައްވާކަށް ނުޖެހޭ މިތާކު.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ މައްސަލަ ފޮނުވާނެ ކޮމިޓީ މަޖިލީހުގެ ރައީސްއަށްވެސް ނިންމޭނެ ކަމަށެވެ. އަދި އެއީ މެންބަރުން ހުށަހަޅައިގެން ތާއިދުކޮށްގެން ކޮމިޓީއަކަށް ފޮނުވަންޖެހޭ މައްސަލައެއް ނޫން ކަމަށާއި، މިއީ އެކަން ކުރަންޖެހޭ ގޮތެއް ނޫން ކަމަށެވެ.

މިއީ އަލަށް މިތަނަށް ވަދެފައި ތިބި ކުދިންނަށް ފަހަރެއްގައި އޮޅިވަޑައިގަންނަވައިފާނެ. ކޮބައިތޯ މިތާނގައި ތިބި ނޫސްވެރިން؟ ކޮބައިތޯ މިތާނގައި ތިބި ޝޭހުން؟ ކޮބައިތޯ މިތާ ތިބި ދީނ،ޭ މިއްލަތޭ ކިޔައިގެން އުޅުނު ބޭފުޅުން ކޮބައިތޯ އިއްޒަތްތެރި ރައީސް؟ މިއަދު އެ ބޭފުޅުންނެއް އަޅުގަނޑުމެންނަކަށް ނުފެނ.ޭ ނުފެނޭ. ނުވެސް ފެންނާނެ. އެއީ ކިހިނެއްތޯ ފެންނާނީ؟ އެ ބޭފުޅުންނަކަށް ނެތޭ ފުރުސަތެއް. ނުކުރޭނެ ތެދުވާކަށެއް މިއަދަކު. އަޅުގަނޑު މިދެންނެވީ ނުކުރޭނެ ތެދުވާކަށެއް މިތާނގައި. ހަމަ ތިބެންޖެހޭނީ، ރީއްޗަށް ތިބެންޖެހޭނީ. ތި ގޮތުގައި 5 އަހަރު ހޭދަކޮށްލަންޖެހޭނީ އިއްޒަތްތެރި ރައީސް. 5 އަހަރު ހޭދަކޮށްލަންޖެހޭނީ. އިޒްރޭލޭ، ފަލަސްތީނޭ، ތިން މުގައްދަސް ބިމޭ ކިޔާފައި އެކައްޗެކޭ ވެސް ކިޔާކަށް ނުކެރޭނެ. ފަލަސްތީނޭ ކިޔައިގެން މިތާނގައި އެއްޗެކޭ ކިޔަން ކެރޭވަރު ބޭފުޅަކު ހުރިނަމަ އަޅެ މިއަދު ތެދުވެ ވާހަކަދައްކަވާ. ނުކެރޭނެ ދައްކަވާކަށް. މިއީ ހަގީގަތް އިއްޒަތްތެރި ރައީސް. މި ވާހަކަ އަޅުގަނޑުމެން ކިތަންމެ ގިނައިން ވެސް ދެއްކިދާނެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މެންބަރު ނާޒިލް ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް އެ ވާހަކަ ދެއްކޭނެ ކަމަށާއި، އެއީ އެމްޑީޕީގެ މެންބަރުންގެ އެ އިހްލާސްތެރިކަން އެބަހުރި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
25%
0%
0%
0%
0%
75%
ކޮމެންޓް
- ގުޅުންހުރި
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މައްސަލަ މަޖިލީހުގައި ހާމަކަން ބޮޑުކޮށް ގެންދެވެންޖެހޭނެ: މެމްބަރު ޒިޔާދު
އިސްރާއީލު އެންމެން އައުން މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް - އުޝާމް
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް
ރުހުން ނުލިބުނު ތިން ވަޒީރުންނަށް އައު މަޖިލީހުން ރުހުންދީފި
ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލު 241 ކޮމެޓީއަށް
ކުރިން ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލްކޮށްފި