ކ. މާލެ
|
10 ޖޫން 2024 | ހޯމަ 23:18
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މަޖިލިސް
އިޒްރޭލް ޕާސްޕޯޓުގެ މައްސަލަ
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް
 
ކުރީގެ ސަރުކާރުން އެކަން ނުކުރީ ކަމަށް ބުނެ ފޫބައްދައިލެވޭ ކަށް ނެތް
 
އަނިޔާވެރި ޒައިނިސްޓު އިޒުރޭލު ކިޔާ ޖަމާއަތާ ދެކޮޅަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމަށް މިއަދު ދިވެހި ރައްޔިތުން ބޭނުންވޭ

ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސް ދރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ވެސް އެކަން ނިންމައިލެވިދާނެ ކަމަށާއި، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން މައުރޫފް ވިދާޅުވީ މި މައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއް، ހާއްސަކޮށް ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންތަކެއް، މުޅި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮށް ތިބިކަން މިއަދު ދިވެހިރާއްޖެއިން ފެނިގެންދާ އަދި ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ދިވެހި ރައްޔިތުންނަށް އިޒުރޭލާއި މި އަނިޔާވެރި ޒައިނިސްޓު އިޒުރޭލު ކިޔާ ޖަމާއަތާ ދެކޮޅަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމަށް މިއަދު ދިވެހި ރައްޔިތުން ބޭނުންވާ ކަމަށެވެ.

7 އޮކްޓޫބަރުގައި މި މައްސަލަ މި ފަހުގެ ތާރީޚެއްގައި މިކަން ހިނގަން ފެށުމަކީ އެއީ ކުރީގެ ސަރުކާރުން އެކަން ނުކުރީ ކަމަށް ބުނެ ފޫބައްދައިލެވޭނެ ކަމެއް ނޫން ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ. އަދި ކުރީގެ މަޖިލީހުގައި މި މައްސަލައިގައި ގަރާރެއް ހުށަހެޅުނު ކަމަށާއި، އެކަމަށް ވަރަށް ފުޅާ ދާއިރާގެއް ގައި ބަހުސްކުރެވުނު ކަމަށެވެ. އަދި ހަމަ އެހެންމެ، މިހާރު ހުށަހެޅިފައި އޮތް މައްސަލައަކީ ހެޔޮނިޔަތުގައި ކުރަން ބޭނުންވާ ކަމެއްކަމުގައި ވާނަމަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވެސް ނިންމައިލެވިދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މިއަދު ފެނިގެން މި ދަނީ މި މައްސަލައިގައި މުޅި ދިވެހި ރައްޔިތުން އެކީގައި އެއްގޮތަކަށް ތިބިކަން. މިފަދަ ހައްސާސް މައްސަލައެއް ހުށަހެޅުނީމާ އަޅުގަނޑު ދެކޭ ގޮތުގައި މި ކަންކަން ޙައްލުކުރުމަށް ކުރަންޖެހޭ ކަމަކީ ސްޓޭކް ހޯލްޑަރުންގެ މެދުގައި މަޝްވަރާކުރަންވީ. މިކަމުގެ ކަންބޮޑުވުން ހުރި ފަރާތްތަކުގެ މެދުގައި ސަރުކާރުން މަޝްވަރާކުރަންވީ. މަޝްވަރާކޮށްފައި މިކަމުން ޤައުމަށް ގެއްލުމެއް ނުވާނެ ގޮތަކަށް ކަންކަން ނިންމަމުން ދާންވީ. އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މި ދަނީ މިގޮތަށް ހުރި މުހިންމު ބޮޑެތި މައްސަލަތަކުގައި ސަރުކާރަށް ރަނގަޅު ޑިސިޝަންތައް ނުނެގިގެންދާ މަންޒަރު.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާލުވީ އިޒުރޭލުގެ ކޮންޓްރޯލްގައި އޮތް ތަނެއްގެ މައްސަލައިގައި، ދިވެހި ރައްޔިތުން މިކަހަލަ ކަމެއްގައި ޑިސިޝަނެއް ނަގާއިރުގައި މަޝްވަރާގެ އުސޫލު އިސްކޮށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެވިގެން ރަނގަޅު ނިންމުމެއް ނިންމުމަކީ މިކަމުގައި މުހިންމުކަން އޮތް ކަމެއް ކަމަށެވެ.

މައުރޫފް ވިދާޅުވީ އެފަދަ ނުބައި އަނިޔާވެރި ބަޔަކާ ދެކޮޅަށް ދިވެހި ރައްޔިތުންނަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އެފަދަ މުހިންމު ކަންކަން ނިންމުމުގައި ސަރުކާރުން މަޝްވަރާ އިސްކޮށް ނިންމުން ނިންމުމަކީ މުހިންމު ކަމެއް ކަމުގައެވެ.

އެހެންނޫންނަމަ ކޮންމެ މައްސަލައެއް ވެސް ސޯޝަލް މީޑިއާއިން އޭގެ ޕްރެޝަރ ބޮޑުވެ، ސަރުކާރަށް ދެއޮޅިއެއްނުވާ ކަންކަން ނިންމަންޖެހ،ި ރައްޔިތުންގެ ތާއީދު ގެއްލޭ ގޮތް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް