ކ. މާލެ
|
10 ޖޫން 2024 | ހޯމަ 19:09
19 ވަނަ މަޖިލީހުގައި ރުހުން ނުދިން ތިން ވަޒީރުން، މި ވަޒީރުންނަށް ވަނީ 20 ވަނަ މަޖިލީހުގައި ރުހުން ދީފައި
19 ވަނަ މަޖިލީހުގައި ރުހުން ނުދިން ތިން ވަޒީރުން، މި ވަޒީރުންނަށް ވަނީ 20 ވަނަ މަޖިލީހުގައި ރުހުން ދީފައި
ރާއްޖެއެމްވީ
ވަޒީރުންނަށް ރުހުން ދިނުން
ރުހުން ނުލިބުނު ތިން ވަޒީރުންނަށް އައު މަޖިލީހުން ރުހުންދީފި
 
ހައިދަރުގެ ނަން ފާސްކުރަން ނުފެންނަ ކަމަށް 4 މެންބަރަކު ވޯޓު ދެއްވި
 
އުޝާމަށް ރުހުން ދިނީ 87 ވޯޓުން، ޝަހީމަށް 83 ވޯޓު އަދި ހައިދަރަށް ލިބިވަޑައިގަތީ 81 ވޯޓު

19 ވަނަ ރައްޔިތުންގެ މަޖިލީހުން ބޮޑު އަގުލަބިއްޔަތަކުން ރުހުން ނުދޭން ނިންމި ތިން ވަޒީރުންނަށް ރައީސް މުއިއްޒު ކޮންޓްރޯލްކުރައްވާ 20 ވަނަ މަޖިލީހުން ރުހުންދީފިއެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ދޭން ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައެވެ.

ބަންޑާރަނައިބު އުޝާމަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ އިއްތިފާގުންނެވެ. އިސްލާމިކް މިނިސްޓަރު ޝަހީމަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ހައުސިންގ މިނިސްޓަރހައިދަރަށް ރުހުން އޮތް ކަމަށް 81 މެންބަރުން ވޯޓު ދެއްވިއިރު އޭނާއަށް ރުހުން ދިނުމާ ދެކޮޅަށް 4 މެންބަރުން ވޯޓު ދެއްވިއެވެ.

ވޯޓަށް އެހި އިރު މަޖިލީހުގައި 89 މެންބަރުން ތިއްބެވެ.

19 ވަނަ މަޖިލީހުގައި އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުދެއްވީ 24 މެމްބަރުންނެވެ. ބާކީ 44 މެމްބަރުން ވޯޓުދެއްވީ އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. އެހެންކަމުން އޭނާ އަށް ރުހުން ދޭން މަޖިލީހުން ފާސްވެފައެއް ނުވެއެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަށް ރުހުން ދޭން ނުފެންނަ ކަަމަށް 31 މެމްބަރުން، ރުހުން ދޭން ފެންނަ ކަމަށް 30 މެމްބަރުން ވޯޓުދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުން ނުވާ 8 މެމްބަރުން ތިއްބެވިއެވެ. އޭނާ އަށް ވެސް ރުހުން ދިނުމަށް މަޖިލީހުން ފާސްވެފައެއް ނުވެއެވެ.

ދެން މަޖިލީހުން ރުހުން ނުދޭން ނިންމީ ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު އަހުމަދުއަށެވެ. އޭނާ އަށް ރުހުން ނުދިނުމަށް 46 މެމްބަރުން ވޯޓުދެއްވިއެވެ. އަދި ރުހުން ދިނުމަށް ވޯޓުދެއްވީ 24 މެމްބަރުންނެވެ.

ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއެކު، ސުޕްރީމް ކޯޓުގެ ނިންމުމާއި، މަޖިލީހުގެ ނިންމުމަށް ގޮންޖައްސަވައި ރައީސް މުއިއްޒު އަލުން އެ ތިން ވަޒީރުން އައްޔަންކުރެއްވިއެވެ. އަދި މަޖިލީހުން އެ މައްސަލަ ބަލަން ގަރާރެއްވެސް ހުށަހެޅިއެވެ.

ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ވަޒީރުންނަސް ރުހުން ހޯދަން މަޖިލީހަށް 6 ފެބްރުއަރީގައި ފޮނުވާފައެވެ. އަދި އެ މައްސަލައިގައި ވޯޓު ނަގާފައިވަނީ ހޯމަ ދުވަހުގެ ޖަލްސާގައެވެ.

ކޮމެންޓް
- ގުޅުންހުރި
"ހައްޖުވެރިންގެ ހާލު ރަނގަޅު، ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގަ"
"ޤާނޫނު އަސާސީ އަށް އިސްލާހު ގެންނާނީ މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓްކޮށް، ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު އަންނަ ގޮތަށް"
އިސްރާއީލު އެންމެން އައުން މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް - އުޝާމް
76 ބިލެއް ހިމެނޭހެން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާންމުކޮށްފި
އަމީރުލްހައްޖު ދިވެހި ހައްޖުވެރިންނާއި ބައްދަލު ކުރައްވައިފި
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް