ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 10:07
މުބާރާތުގައި ފާހަގަކޮށްލެވޭނެ ބައެއް ކުޅުންތެރިން
މުބާރާތުގައި ފާހަގަކޮށްލެވޭނެ ބައެއް ކުޅުންތެރިން
ގޫގުލް
ކޮޕާ އެމެރިކާ 2024
ކޮޕާ އެމެރިކާ: ނަގާކިޔާނެ ޒުވާން ކުޅުންތެރިން
މި މުބާރާތަކީ ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ އާއި ޗިލީގެ އެލެކްސިސް ސަންޗޭޒް ފަދަ ހުނަރުވެރި ކުޅުންތެރިން ދުނިޔެ އަށް ތަޢާރަފު ވެގެން ދިޔަ މުބާރާތެއް

މިއަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތާ ކުރިމަތިލާއިރު، ޓީމުތަކުގައި ޒުވާން ގިނަ ކުޅުންތެރިން ހިމެނެ އެވެ. ޚާއްސަކޮށް އެ ކުޅުންތެރިން ވަނީ ކުލަބުގައި ވެސް މޮޅު އަދި ހުނަރުވެރި ކުޅުމެއް ދައްކައިފަ އެވެ. އެހެންކަމުން، މިއަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގައި ޤަައުމީ ޓީމުތަކުން އެ ކުޅުންތެރިންގެ ފައިދާ ނަގައިގެން، ކުރިއަށް ދާން އިންތިހާ އަށް މަސައްކަތް ކުރާނެ އެވެ.

މިފަހަކަށް އައިސް ގިނަ މުބާރާތްތަކުގައި ވަރަށް ގިނަ މިސާލުތައް ފެންނަން އެބަ ހުއްޓެވެ. ޖޭމްސް ރޮޑްރިގޭޒް ވަނީ، 2014 ވަނަ އަހަރުގެ ޖާދުވީ ފީފާ ވޯލްޑް ކަޕާއެކު ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. އެލެކްސިސް މެކް އެލިސްޓާ ވަނީ، 2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި މުބާރާތުގައި ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރަށް އޭނާ އަށް ވެވިދާނެކަން ސާބިތުކޮށްދީފަ އެވެ. 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ދިރުވާލީ މައިކަލް އޮވެން އެވެ.

ކޮޕާ އެމެރިކާ މުބާރާތަކީ ވެސް ތަފާތެއް ނެތް، އެކަހަލަ މުބާރާތެކެވެ. މި މުބާރާތަކީ ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ އާއި ޗިލީގެ އެލެކްސިސް ސަންޗޭޒް ފަދަ ހުނަރުވެރި ކުޅުންތެރިން ދުނިޔެ އަށް ތަޢާރަފު ވެގެން ދިޔަ މުބާރާތެކެވެ. ކޮންމެ ޤައުމެއްގައި ވެސް އެވަރުގެ ކުޅުންތެރިޔަކު ނެތެވެ. އެކަމަކު މި މުބާރާތުގައި ކޮންމެ ޓީމަކަށް ވެސް އެންމެ މުހިއްމުވާ ހިނދެއްގައި، އެންމެ ހުނަރުވެރިކަމާއެކު ކުޅެވޭނެ ފެންވަރުގެ ހުނަރުވެރިން އެބަތިއްބެވެ.

1. އަލެހަންދްރޯ ގާނާޗޯ (އާޖެންޓީނާ)

އާޖެންޓީނާ ގައި ގާނާޗޯ އަދާ ކުރާނީ މުހިންމު ރޯލެކެވެ. ސެންޓަރ ފޯވާޑުން އަދި އެޓޭކިން މިޑްފީލްޑަރުން ތިބޭ ޓީމަކަށް ސާފު ވިންގާއެއްގެ ގޮތުގައި އޭނާ ފިޓުވާ ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ލިއޮނަލް ސްކަލޯނީގެ ޓީމުގައި އޭނާ އަކީ ބެންޗުގައި ހުރި އެންމެ ރަނގަޅު އެއް ޗޮއިސް އަށް ވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ. ވަރުބަލި ކަމެއް ނެތި، ދުވުމުގައި އޭނާގެ ކިބައިގައި އެ ފެންވަރު ހުންނާނެ ކަމަށް ވެސް ބެލެވެ އެވެ. އޭނާ ވަނީ އެކަން ކުރެވޭނެކަން މެންޗެސްޓަރ ޔުނައިޓެޑުގައި ދައްކައި ދީފަ އެވެ. ދެކުނު އެމެރިކާ އަދި ދުނިޔޭގެ ރަސްކަން ކުރާ އާޖެންޓީނާ ގައި ވެސް އޭނާ އަށް އެކަން ކުރެވިދާނެ ހެއްޔެވެ؟

އަލެހަންދްރޯ ގާނާޗޯ - ރޮއިޓަރސް

2. އެލިސްޓެއާ ޖޯންސްޓަން (ކެނެޑާ)

ކެނެޑާގެ ފުރަތަމަ ސްކޮޑާއެކު، އެ ޓީމުގެ ކޯޗު ޖެސީ މާޝް އަށް ޝައުގުވެރި ނިންމުންތަކެއް ނިންމިއިރު، މުޅި ދަނޑުގައި ވެސް އޮންނާނީ ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެކެވެ. ސެލްޓިކަށް ކުޅެމުން އަންނަ އެލިސްޓެއާ ޖޯންސްޓަން އަކީ ފުލް ބެކްގައި ޑިފެންސްގެ މާނަ އަކަށް ވާން ޖެހޭ އިރު، އެސްޕީއެލް ޗެމްޕިއަންކަން ސެލްޓިކާއެކު ހޯދައި، އޭނާ އަށް ކޮންމެ މީހަކު ވެސް ހުއްޓުވިދާނެކަން ވަނީ ދައްކައި ދީފަ އެވެ. އެއަށްވުރެ ބޮޑު ފިޔަވަޅެއް އޭނާ އަށް ކުރިއަށް އެޅިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިއީ އެކަން ސާބިތުކޮށްދޭން އޭނާ އަށް އެންމެ މުހިންމު ވަގުތަށް ވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އެލިސްޓެއާ ޖޯންސްޓަން - ރޮއިޓަރސް

3. ލޫސިއާނޯ ރޮޑްރިގޭޒް (އުރުގުއޭ)

މާކޯ ބިއެލްސާގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމަކީ، ކޮޕާ އެމެރިކާ ގައި ކުރިއަށް ދެވޭނެ ކަމުގެ އުންމީދު އޮތް ޓީމެކެވެ. ކުރީގައި އެ ޓީމުން ދަމަހައްޓަމުން އައި ކުޅުމާއި ހިތްވަރު ދައްކައިފި ނަމަ، ފެޑެރިކޯ ވަލްވާޑޭ އާއި ޑާވިން ނުނޭޒް ފަދަ ބޮޑެތި ކުލަބުތަކަށް ކުޅޭ ތަރިންތަކެއް ފަހަތުގައި އޮންނާނެ އެވެ. އެހެން ނަަމަވެސް، އުރުގުއޭ ގައި އެ ކުޅުންތެރިންނަށް ވެސް އެހީތެރިކަން ބޭނުންވާނެ އެވެ. އެ ކުޅުންތެރިންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ލޫސިއާނޯ ރޮޑްރިގޭޒް ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ޒުވާން ފެންވަރުގައި ފޯވާޑެއްގެ ގޮތުގައި ކުޅެމުން އައިސް، އޭނާ ލިވަޕޫލް މޮންޓެވިޑިއޯ އަށް ސޮއިކުރުމާއެކު ކަނާތު ފިޔައިގެ މަގާމަކަށް ބަދަލުވި އެވެ. މި ޓީމަށް ވަނުމަށް ވާދަވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމާއި، ނަމަވެސް ފުރުސަތު ލިބިއްޖެ ނަމަ ކުރި އަރާނެ ހުރިހާ ވަސީލަތްތަކެއް އޭނާގެ ކިބައިގައި ހުރި ކަމަށް ގިނަ މީހުން ބުނެ އެވެ.

ލޫސިއާނޯ ރޮޑްރިގޭޒް - ރޮއިޓަރސް

4. އެންޑްރިކް (ބްރެޒިލް)

އިތުރު އެހެން ކޮން ކުޅުންތެރިޔެއް ހެއްޔެވެ؟ ބްރެޒިލްގެ ކޯޗު ޑޮރިވަލް ޖޫނިއާގެ ފުރަތަމަ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ، ތަޖުރިބާ އާއި ހުނަރުގެ ގޮތުން ބެލިޔަސް ވާދަވެރި ކުޅުންތެރިން ތަކެކެވެ. އައު މޫނުތަކެއް ފެނުމުގެ ބަދަލުގައި، ގިނައިން ފެންނާނީ މީގެކުރިން ވެސް ފެންނަމުން އަންނަ، ފަރިތަ މޫނު ތަކެކެވެ. އެހެންވެއްޖެ ނަމަ، ސްކޮޑުގައި ހުރި ހަމައެކަނި ހަގީގީ ޒުވާން ކުޅުންތެރިއަކީ އެ އެންމެންގެ ތެރެއިން ވެސް އެންމެ ހުނަރުވެރި ކުޅުންތެރިޔާ ކަމަށް ވުމުގެ ނަސީބު އޮތުމެވެ. އެންޑްރިކް އަކީ ފުޓުބޯޅަ އަށް އައު ކުޅުންތެރިއެއް ނޫން ކަމާއި، އޭނާ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއްކަން ސާބިތު ކޮށްދެމުން އަންނަ ކުޅުންތެރިޔެކެވެ. އެހެން ކަމުން، މިއީ އެކަން އިތުރަށް ދުނިޔެ އަށް ދައްކާލުމަށް ވެސް އޭނާ އަށް ލިބިގެން ދާނެ ފުރުސަތެއްކަން ޔަގީނެވެ.

އެންޑްރިކް - ރޮއިޓަރސް

5. ފްލޯރިން ބަލޮގަން (އެމެރިކާ)

މޮނާކޯ އަށް ކުޅެމުން އަންނަ ފޯވާޑަކީ 23-2022 ވަނަ އަހަރުގެ ސީޒަނުގައި ރެއިމްސް އާއެކު ލީގު އެކެއްގައި 21 ލަނޑު ކާމިޔާބުކޮށްދިން ފަހުން ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ. އެމެރިކާގެ ޤައުމީ ޓީމުގައި އޭނާ ހިމެނުނު ނަމަވެސް، ޤައުމީ ޖާޒީގައި އޭނާގެ ހުނަރާއި، ޖާދޫ ދައްކާލުމަށް މިހާތަނަށް އެންމެ އެކަށީގެންވާ ފުރުސަތެއް ނުލިބެ އެވެ. އެމެރިކާގެ ކޯޗު ގްރެގް ބާހޯލްޓާ ޓީމަށް އަނެއްކާ ވެސް މެދު ތެރެއިން މައްސަލަ ދިމާވެފައިވާއިރު، މި ފަދަ ބޮޑު މުބާރާތެއްގައި އެޓީމަށް އެންމެ ފުރަތަަމަ ވެސް ބޭނުން ވާނެ ޗޮއިސް އަކީ ނަންބަރ ނައިން އެކެވެ. ބަލޮގަން އަށް އެކަން ކުރެވި، އޭނާގެ ހުނަރު ފެނިއްޖެ ނަމަ، މުބާރާތް ބާއްވާ ޤައުމަށް ވެސް ކުރިއެރުންތަކެއް ލިބޭނެ އެވެ.

ފްލޯރިން ބަލޮގަން - ރޮއިޓަރސް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް