ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 10:06
މެެޗުގައި ލަނޑު ޖެހުމަށްފަހު އެންޑްރިކް އުފާ ފާޅު ކުރަނީ
މެެޗުގައި ލަނޑު ޖެހުމަށްފަހު އެންޑްރިކް އުފާ ފާޅު ކުރަނީ
ރޮއިޓާރސް
ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު
މެކްސިކޯ އަތުން ބްރެޒިލް މޮޅު ކޮށްދިނީ އެންޑްރިކް
މެޗުގައި ބްރެޒިލް އިން ލީޑު ނަގާފައި ވަނިކޮށް، މެކްސިކޯ އިން ނަތީޖާ ހަމަހަމަ ވެސް ކުރި

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ބްރެޒިލް މޮޅުވެއްޖެ އެވެ.

މިއީ މި މަހު އެމެރިކާގައި ފަށާ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލް އިން ކުޅުނު މެޗެކެވެ. މެޗުގައި ބްރެޒިލް އިން ލީޑު ނަގާފައި ވަނިކޮށް، މެކްސިކޯ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް އިތުރު ވަގުތުގައި ލަނޑު ޖަހައިގެން ބްރެޒިލް ވަނީ މޮޅުވެފަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ބްރެޒިލް އަށް ލީޑު ނަގައިދިނީ، އަންޑްރެއަސް ޕެރެއިރާ އެވެ. އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ބްރެޒިލްގެ ދެ ވަނަ ލަނޑު ޖެހީ، ގަބްރިއެލް މާޓިނެލީ އެވެ. މެކްސިކޯ އިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 74 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޫލިއަން ކީނޯނޯސް އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި މެކްސިކޯ އިން ދެ ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގިލެރްމޯ މާޓީނޭޒް އެވެ. އޭގެ ތިން މިނެޓު ފަހުން އެންޑްރިކް ލަނޑު ޖަހައިގެން ބްރެޒިލް ވަނީ މެޗުން މޮޅުވެފަ އެވެ.

ކޮޕާ އެމެރިކާ އަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލުން އަދި އެއް މެޗު ކުޅޭނެ އެވެ. މި މަހުގެ 13 ވަނަ ދުވަހު އެ ޓީމު ނިކުންނާނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
100%
0%
ކޮމެންޓް