ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 21:57
އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ހަށިތައް ޣައްޒާގެ ދީރް އަލް ބަލާހްގައި ހުންނަ އަލް އަގްސާ މާޓިއަރ ހޮސްޕިޓަލުގެ މޯޗަރީގެ ބިންމަތީގައި
އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ހަށިތައް ޣައްޒާގެ ދީރް އަލް ބަލާހްގައި ހުންނަ އަލް އަގްސާ މާޓިއަރ ހޮސްޕިޓަލުގެ މޯޗަރީގެ ބިންމަތީގައި
އޭއެފްޕީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
4 ރަހީނުން ސަލާމަތް ކުރުމުގެ ނަމުގައި އިޒްރޭލް ސިފައިން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ބޮޑު ގަތުލުއާއްމެއް ހިންގައިފި
 
ލެއިން ތަތްތެޅިފައި ތިބި މީހުންތައް ހޮސްޕިޓަލުގެ އެތަން މިތާ ތަޅުންގަނޑު މަތީގައި ފުނިޖެހިފައި ތިބިތަން ފޮޓޯތަކުން ފެނޭ

އިޒްރޭލުގެ 4 ރަހީނުން ސަލާމަތް ކުރުމުގެ ނަމުގައި އިޒްރޭލް ސިފައިން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ބޮޑު ގަތުލުއާއްމެއް ހިންގާ މަދުވެގެން 210 ފަލަސްތީން ރައްޔިތުން ޝަހީދު ކޮށްލައިފިއެވެ.

އަނިޔާވެރި އިޒްރޭލް ސިފައިން ނުސީރަތް ރެފިއުޖީ ކޭޕްމަށް ހޮނިހިރު ދުވަހު ހަމަލާ ދެމުން ދިޔައިރު ކުޑަކުދިންނާއި އަންހެނުންނާ މުސްކުޅިނަށް ބެލުމެއް ނެތި މީހުން މަރަމުން ގެންދިޔައީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް އެމީހުންގެ ކިބައިގައި ނެތި ކަމަށް ގާޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވެއެވެ.

އިޒްރޭލުގެ މި އަނިޔާވެރި ހަމަލާތަކުގައި މަރުވި މީހުންގެ އިތުރުން މަދުވެގެން 400 މީހުން ޒަޚަމްވި ކަމަށް ޚަބަރުތައް ބުނެއެވެ.

ޒަޚަމްވި މީހުންތައް އެ ކޭމްޕްގައި ގާއިމް ކޮށްފައިވާ އަލް އައުދާ ހޮސްޕިޓަލް އަށާއި ދާރުލް ބަލާހްގައި ހުންނަ އަލް އަގްސާ މާޓިއަރ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ޣައްޒާގެ މެދުތެރޭގެ ނުސީރަތު ކޭމްޕުގެ ހަލާކުވެފައިވާ ކްލާސްރޫމެއްގައި ޒަހަމްވި ކުއްޖަކު ވިންޑޯ ލެޓިސް ކައިރީގައި މަޑުކޮށްލައިގެން - އޭއެފްޕީ

އަލް އަގްސާ ހޮސްޕިޓަލުން ވާހަކަ ދެއްކި މީހަކާ ހަވާލާދީ ޕްރެސް ޓީވީން ބުނެފައިވަނީ ޒަޚަމްވެގެން ގެނައި މީހުން ގިނަ ކަމާއެކު ޒަޚަމްވީ މީހުންގެ ފުރިހަމަ އަދަދު ބުނެދޭންވެސް ނޭގޭ ކަމަށެވެ.

ގާޒާގެ ރަސްމީ ފަރާތްތަކުން ހާމަ ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ލެއިން ތަތްތެޅިފައި ތިބި މީހުންތައް ހޮސްޕިޓަލުގެ އެތަން މިތާ ތަޅުގަނޑު މަތީގައި ފުނިޖެހިފައި ތިއްބެވެ.

އިޒްރޭލުގެ ރަސްމީ ފަރާތްތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ދިން ލާއިންސާނީ ހަމަލާގެ ވާހަކަ ކުޑަކޮށްވެސް ފާހަގަ ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ބުނެފައިވަނީ 4 ރަހީނުން ސަލާމަތް ކުރެވިއްޖެ ކަމަށާއި، އެމީހުން ތިބީ ހެޔޮ ހާލުގައި ކަމަށާއި، އެމީހުން އިތުރު މެޑިކަލް ޗެކަޕް ހެދުމަށް ހޮސްޕިޓަލަށް ގެންދެވުނު ވާހަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
50%
0%
0%
50%
0%
0%
ކޮމެންޓް