ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 18:51
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލެ ދެކުނު ފަރާތު ފަޅު ސާފުކުރުން
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލެ ދެކުނު ފަރާތު ފަޅު ސާފުކުރުން
މާލޭ ސިޓީ ކައުންސިލް
މޫދަށް ކުނިއެޅުން ހުއްޓުވުން
ޤާނޫނު މަތިމައްޗަށް ވެސް ގެނެވިދާނެ، މޫދަށް ކުނި އެޅުން ހުއްޓޭނީ ފަރުދީ ޒިންމާ އަދާކޮށްގެން - ޝިޔާމް
ޝިޔާމް ވަނީ މޫދަށް ކުނި އެޅުމުގެ މައްސަލަ ކުރިމަތިވަނީ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މޫދަށް ކުނި އަޅާތީ ކަަމަށް ވިދާޅުވެފަ
ކަނޑުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި ހޮނިހިރު ދުވަހު ތަފާތު ހަރަކާތްތަކެއް ވަނީ ހިންގާފަ

ޤާނޫނު މަތިމައްޗަށް ވެސް ގެނެވިދާނެ ކަމަށާއި ނަމަވެސް މޫދަށް ކުނި އެޅުން ހުއްޓޭނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް އެފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކުރުމުގެ ހަރަކާތުގައި ހޮނިހިރު ދުވަހު ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ޝިޔާމް ވަނީ އެ މަނިކުފާނު ތުއްޕުޅު އިރު ވެސް މޫދަށް ކުނި އެޅުމުގެ މައްސަލަ އަކީ ދިމާވާ މައްސަލަ އެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި ފުރާވަރުގެ ދުވަސް ވަރު މޫދަށް، ނޫނީ ޑައިވްކުރަން ވަޑައިގެންނެވި އިރު ވެސް މޫދު ހަޑިވުމާއި މޫދަށް ކުނި އެޅުމުގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ފަހުން 24 ވަރަކަށް އަހަރުވި އިރު ވެސް އެ މައްސަލަ އަށް ހައްލެއް ނައިސް އޮތުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވަނީ މޫދަށް ކުނި އެޅުމުގެ މައްސަލަ ކުރިމަތިވަނީ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މޫދަށް ކުނި އަޅާތީ ކަަމަށް ވިދާޅުވެފައެވެ. އަދި އެކަން ހިނގަނީ ނޭނގި ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް ކިތަންމެ ގިނަ ޤާނޫނެއް ހެދިޔަސް މައްސަލަ ހައްލުވާނެ ކަމަށް ޤަބޫލުކު ނުކުރެވޭނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. މޫދަށް ކުނިއަޅާ ބިދޭސީން އިތުރަށް ހޭލުންތެެރިކުރަން ވެސް ކުރިއަށް އޮތްތާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޝިޔާމް އިތުރަސް ވިދާޅުވީ މޫދުގައި ދަތުރުކުރާ ކުނި އުފުލާ ބާޖުތަކުން ވެސް މިހާރަށް ވުރެ ބޮޑަށް ކުނި އުފުލުމުގައި ފަރުވާތެރިވާން ޖެހޭ ކަމަށެވެ. އެގޮތުން ރިސޯޓުތަކުގެ ކުނި ގެންދާ ބާޖުތަކުން އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތި ބައެއް ފަހަރު ކުނި އުފުލަމުންދާ ކަން ފާހަގަކުރެވޭ ކަމަށާއި އެކަންކަން އިސްލާހުކުރަން ޖެހޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ރިސޯޓުން ކުނި ގެންނަ މީހުންނަށް ވެސް ތިލަފުށްޓާއި ހަމައަށް ދިޔަ އިރު ކުނި ހުރީ ލޯޑު ކުރި ގޮތަށް ނޫންކަން އެނގޭނެ ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިނާއަތެއް ބަރޯސާވެފައި ވަނީ ކަނޑަށް ކަމަށް ވާއިރު ވެށި ހިމާޔަތްކުރުމަށްޓަކާ އަދާކުރަން ޖެޙޭ ޒިންމާ އަދާ ނުކުރެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ކަނޑުގެ ދިރުންތަކަށް އިޚުތިރާމްކުރުމުގެ ވިސްނުން ވެސް ނުފެންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވަނީ ކޮން ދުވަހަކީ ވެސް ކަނޑުގެ ދުވަހެއްގެ ގޮތުގައި ދެކުމަށް އިލްތިމާސްކުރައްވާފައެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ކުރިއަށް ދިޔަ ފަޅު ސާފުކުރުމުގެ ހަރަކާތް ބާއްވާފައި ވަނީ ފިޝަރީޒް މިނިސްޓްރީއާއި ވެމްކޯގެ ބައިވެރިވުމާއި އެކުގައެވެ. ކަނޑުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި ހޮނިހިރު ދުވަހު ތަފާތު ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

އެގޮތުން ހުކުރު ދުވަހު ބޭއްވި ހަރަކާތްތަކުގައި ފިޝަރީޒް މިނިސްޓްރީން ބަމޯ ކަނޑުގެ ދުވަސް ފާހަގަ ކުރުމަށް 29 ޓީމު ހިމެނޭ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި 300 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
މުޒާހަރާކުރަމުންދާ މަސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށްފި
މަސްވެރިއެއްގެ ހިތުގެ އުދާސްތައް ރައީސްއަށް "ވެރިކަމަށް ގެނައީމަ ނިގުޅައިގަތީ ހައްގު"
ހަވީރު 4:00ށް މަސްވެރިންގެ ކަންބޮޑުވުންތަކަށް ޖަވާބެއް ނެތްނަމަ، އައްޑޫ މަސް ފެކްޓަރީން ކަރަންޓު ކަނޑާލަނީ
"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
އައްޑޫގެ މަސްވެރިންގެ މުޒާހަރާ އަދިވެސް ކުރިއަށް، މަސްވެރިންގެ ޑިމާންޑަށް ޖަވާބުދޭނެ ސަރުކާރުގެ މީހެއް ނެތް!
އައްޑޫގެ މަސްވެރިންގެ އަޑު އަހަމުންދާ ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވި ނަމަވެސް މަސްވެރިން އެކަން ދޮގުކޮށްފި
މިދިޔަ ސަރުކާރަށް ނިސްބަތްކޮށް ޝިޔާމް އޭރު ވިދާޅުވީ "ކިޔޫ ސަރުކާރު"، މަސްވެރިން ނިކަމެތިކުރާ ސަރުކާރު. މިއަދު؟
ވެރިކަމަށް އައުމުގެ ކުރިން ފިރުމާފައި މަގާމު ލިބުނީމަ ދައްކަނީ ވަޅިން ބިރު!