ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 18:45
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލެ ދެކުނު ފަރާތު ފަޅު ސާފުކުރުން
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލެ ދެކުނު ފަރާތު ފަޅު ސާފުކުރުން
މާލޭ ސިޓީ ކައުންސިލް
މާލޭގެ ފަޅު ތެރެ ސާފުކުރުން
ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި
ކަނޑުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި ހޮނިހިރު ދުވަހު ތަފާތު ހަރަކާތްތަކެއް ވަނީ ހިންގާފަ
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ކުރިއަށް ދިޔަ އެ ހަރަކާތުގައި ފިޝަރީޒް މިނިސްޓްރީއާއި ވެމްކޯއިން ވެސް ވަނީ ބައިވެރިވެފަ

މާލެ ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ކުރިއަށް ދިޔަ އެ ހަރަކާތް ބާއްވާފައި ވަނީ ފިޝަރީޒް މިނިސްޓްރީއާއި ވެމްކޯގެ ބައިވެރިވުމާއި އެކުގައެވެ.

ހޮނިހިރު ދުވަހު ހެނދުނު ކުރިއަށްގެންދިޔަ މި ހަރަކާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން ވެމްކޯގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Advertisement

މީގެއިތުރުން ފިޝަރީޒް އާއި ވެމްކޯ އަދި ކައުންސިލުގެ މުވައްޒަފުން ވެސް ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ.

ކަނޑުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި ހޮނިހިރު ދުވަހު ތަފާތު ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

އެގޮތުން ހުކުރު ދުވަހު ބޭއްވި ހަރަކާތްތަކުގައި ފިޝަރީޒް މިނިސްޓްރީން ބަމޯ ކަނޑުގެ ދުވަސް ފާހަގަ ކުރުމަށް 29 ޓީމު ހިމެނޭ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި 300 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް