ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 15:20
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
ރާއްޖެއެމްވީ
ސަރުކާރު ޖަވާބުދާރީ ކުރުން
ފެނިގެން މިދަނީ ސުޕަރމެޖޯރިޓީ ދިނީމަ ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަން - މެންބަރު ދީދީ
ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ސަރުކާރު ޖަވާބުދާރީވެސް ނުކުރެވޭނެ ކަމަށާއި، ރައީސުލްޖުމްހުރިއްޔާ ރުހިވަޑައިނުގަންނަވާ ގޮތަށް އަނގަވެސް ހުޅުވައިނުލެވޭނެ
މެންބަރު އިމްރާން މުތުލަގަށް އެ ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވަން ޕީއެންސީ ނުވަތަ މަޖިލީހުގެ ބިޔަބޮޑު މެޖޯރިޓީއިން އެއްވެސް ދައުރެއް އަދާނުކުރައްވާނެ ވާހަކަ

ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ސުޕަރމެޖޯރިޓީ ދީގެން މަޖިލިސް ޖަވާބުދާރީ ނުކުރެވޭނެ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ މިފަދައިން ވިދާޅުވީ، މަޖިލީހުގެ ތެރެއިން އެމްޑީޕީން ސަރުކާރު ޒިންމާދާކުރުމުގެ މަސައްކަތް ނުކުރާނެކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިމްރާން ލަތީފް ދެއްކެވި ވާހަކައާ ގުޅިގެންނެވެ. އިމްރާން ވިދާޅުވެފައިވަނީ، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންތައްތައް އެމްޑީޕީން މަޖިލީހަށް ހުށަނާޅާފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

މެންބަރު އިމްރާނަށް ރައްދުދެއްވާ ދީދީ ވިދާޅުވީ، މެންބަރު އިމްރާން މުތުލަގަށް އެ ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވަން ޕީއެންސީ ނުވަތަ މަޖިލީހުގެ ބިޔަބޮޑު މެޖޯރިޓީއިން އެއްވެސް ދައުރެއް އަދާނުކުރައްވާނެ ވާހަކަ ކަމަށެވެ. އަދި މަޖިލިސް އިންތިހާބު ތެރޭގައި އެމްޑީޕީ އިން ދެއްކީ އެވާހަކަ ކަމަށާއި، މުޅި މަޖިލިސް ޕީއެންސީއަށް ދީފިނަމަ ސަރުކާރަށް ފާރަވެރިވާނެ ބަޔަކު މަޖިލީހުގައި ނުތިބޭނެވާހަކަ ކަމަށެވެ.

Advertisement

މީގެ އިތުރުން އިންތިހާބަށް މަހެއް ނުވަނީސް ސީދާ އެބޭފުޅުން އެކަމަށް އެބަސްވެވަޑައިގެންނެވި ކަމަށާއި، ރައީސުލްޖުމްހުރިއްޔާ އެންޑޯޒް ކުރައްވައިގެން ގޮނޑިކޮޅަކަށް ވަޑުވާފައި އިންނަވާ ރައީސަކާއި، ރައީސުލްޖުމްހޫރިއްޔާ އެންޑޯޒް ކުރައްވައިގެން ތިއްބަވާ ޕީއެންސީގެ މަޖިލިސް މެންބަރުން ތަކަކަށް ސަރުކާރު ޖަވާބުދާރީވެސް ނުކުރެވޭނެ ކަމަށާއި، ރައީސުލްޖުމުހުރިއްޔާ ރުހިވަޑައިނުގަންނަވާ ގޮތަށް އަނގަވެސް ހުޅުވައިނުލެވޭނެ ކަމަށެވެ.

މެންބަރު ދީދީ ވިދާޅުވީ, އިމްރާނު އެ ވިދާޅުވަނީ އެ ވާހަކަ ކަމަށާއި, މެންބަރު އިމްރާން އެޖެއްސެވީ ރައްޔަތުންގެ މޫނުމަތީގައި ތަފާލަކުން ކަމަށާއި، ކުރިޔަށް އޮތްތަނުގައި ރައްޔިތުންނަށް އެކަން ފެންނާނެ ކަމަށެވެ. މެންބަރު ދީދީ ވިދާޅުވީ، މިވަގުތަަށް މަޖިލިސް ތެރޭގައި އެމްޑީޕީގެ ބައި ކިތައްމެ ކުޑަޔަސް ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމަށް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އަދި އެމްޑީފީ އިން ވާނީ ކުރިންވެސް އެސާބިތުކަން ދައްކަދީފައި ކަމަށާއި، އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންގެ ވިންދާ ގުޅޭ، ރައްޔިތުންގެ އިހުސާސްތައް ދަނެގެން، ރައްޔިތުންގެ އަޑުއުފުލާ، ރައްޔިތުންގެ ހައްގަށް ވަކާލާތުކުރާ ޕާޓީއެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް