ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 22:23
ޔާމީން ރަޝީދާއި ރިލްވާނުގެ ފޮޓޯ
ޔާމީން ރަޝީދާއި ރިލްވާނުގެ ފޮޓޯ
ޓްވިޓަރ
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދުގެ މަރާއި ރިލްވާން ވަގަށްނެގި މައްސަލައާއި އެއްވެސް ގުޅުމެއް ނެތް!
ޔާމީން ރަޝީދު މަރާލާފައިވަނީ 22 ވަނަ ދުވަހުގެ ރޭގެ ދަންވަރު
މި މައްސަަލަ ތަހުގީގު ކުރުމަށް ގެންގުޅުނީ ޒީރޯ ޓޮލެރެންސް
މަރާލި މީހުން ވަނީ ޔަގީން ކުރެވިފައި

މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަހްމަދު ރިލްވާނު ގެއްލުނު މައްސަލައާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމު ވިދާޅުވީ، ޔާމީން ރަޝީދުގެ މައްސަލައާއި ރިލްވާނުގެ މަރުގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ތަހުގީގު ހާމަވާ ކަމަށެވެ.

ފުލުހުން ބުނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ގިނަ ހޯދުންތަކެއް ހޯދިފައިވާ އިރު ފުލުހުން މި މައްސަލަ ތަހުގީގު ކުރުމުގައި ގެންގުޅެފައިވަނީ ޒީރޯ ޓޮލެރެންސް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް އެއްވެސް ހުރަހެއް ކުރިމަތިވި ނަމަ، އެކަމަށް ފުލުހުން ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

" ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ފަރާތްތަކުން ބައިތިއްބައިގެން މީގެވެސް އެނގެނީ މި މައްސަލައަށް ދިން އަހައްމިޔަތުކަން. މިކަންތައް ކުރި މީހުން ހޯދުމަށްޓަކާ ވަރަށް ގިނަ މަސައްކަތް ވަނީ ފުލުހުން ކޮށްފައި." ޝަމީމު ވިދާޅުވި އެވެ.

ޔާމީން ރަޝީދު އާންމުންނަށް އެންމެބޮޑަށް އެނގިފައިވަނީ ރިލްވާން ވަގަށް ނެގި ހާދިސާގައި  އޭނާއަށް ވީނުވީއެއް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިންނެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
10 އޯގަސްޓް 2017 | ބުރާސްފަތި 08:12
ކަނައްކަފޫޅު
ޑރ. އަފްރާޝިމްގެ މަރާއި، ނޫސްވެރިޔާ ރިލުވާނު ކަނޑު ފެއްތުމާއި، ބްލޮގާ ޔާމިންގެ މަރުގެ ފަހަތުގައި ތިބީ ހަމަ އެއްބައެއް!!! އެ ތިން ޖަރީމާވަނީ އެކަތި އަނެކައްޗަށް ގުޅި ލާމެހިފާ!!! ފުލުހުން ޔާމިންގެ ގާތިލުން ޔާމިން މަރާލި މަރާލުން ދީނާ ގުޅުވަން ވަރަށް މަސައްކަތް އެބަކުރޭ!!! އެއީ ހަމަ ރައްޔިތުންގެ ފިކުރު އަނބުރާލަން ކިޔާ އެއްޗެއް!!! އެބަޔަކު އެހިންގާ ބޮޑެތި ޖަރީމާތަކާ އިސްލާމް ދީނާ ގުޅުވާކަށް އުޅޭނެކަމެއް ނެތް!!! ރައްޔިތުން ތިކިޔާލަވަ އަޑުއާހާކަަށް ބޭނުމެއް ނުވޭޭ