ކ. މާލެ
|
7 ޖޫން 2024 | ހުކުރު 14:08
އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންނާ މަރުވާ މީހުންގެ ހަށިތަކުން އަލް-އަގްސާ ހޮސްޕިޓަލް ވަނީ ފުރި ބާރުވެފައި
އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންނާ މަރުވާ މީހުންގެ ހަށިތަކުން އަލް-އަގްސާ ހޮސްޕިޓަލް ވަނީ ފުރި ބާރުވެފައި
އަލް- ޖަޒީރާ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އިޒްރޭލް ސިފައިން ހަމަލާދީ 15 ފަލަސްތީން މީހުން ހުކުރު ދުވަހު ހެނދުނު މަރާލައިފި
ހުކުރު ދުވަހުގެ ހެނދުނުގެ ހަމަލާތަކަކީ ވެސް ގާޒާގެ މެދުތެރޭގެ ސަރަހައްދަކަށް ދިން ހަމަލާއެއް

އިޒްރޭލުގެ ހަމަލާ ތަކުގައި ހުކުރު ދުވަހު ހެނދުނު ގާޒާއިން މަދުވެގެން 15 ފަލަސްތީން މީހުން މަރާލައިފިއެވެ.

ފާއިތުވި ދެތިން ދުވަހަކީ އިޒްރޭލުގެ ހަމަލާތައް ގާޒާގެ އެކި ސަރަހައްދުތަކަށް އިތުރުވެގެން ދިޔަ ދުވަސްތަކެކެވެ. ވަކިން ބޮޑަށް ގާޒާގެ މެދުތެރޭ ސަރަހައްދުތަކަށް ހަމާލާ ދިނުން އިތުރުވެފައިވެއެވެ. ހުކުރު ދުވަހުގެ ހެނދުނުގެ ހަމަލާތަކަކީ ވެސް ގާޒާގެ މެދުތެރޭގެ ސަރަހައްދަކަށް ދިން ހަމަލާއެކެވެ.

ފާއިތުވި ދެތިން ދުވަހުގެ ހަމަލާތައް އަމާޒުވެފައިވާ ރެފިއުޖީ ކޭމްޕްތަކަކީ އިޒްރޭލް ސިފައިން އެއީ ރައްކާތެރި ސަރަހައްދު ތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނެވެ. މިހާރު އެތަންތަނަށް ހަމާލާ ދިނުމަށް އިޒްރޭލުން ދައްކާ ބަހަނާއަކީ އެތަންތާނގާއި ހަމާސްގެ ހަނގުރާމަވެރިން ތިބި ކަމަށް ބުނެއެވެ.

އަނެއްކޮޅުން ހަމަލާތައް އަމާޒު ކުރަނީ މީހުން ބައިބޯކޮށް އުޅެމުންދާ ސަރަހައްދު ތަކަށެވެ. ހަމަލާ ދިނުމުގައި ކުރިން އެއްވެސް އިންޒާރެއް ނުދޭ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންނާ މަރުވާ މީހުންގެ ހަށިތައް ގެނެސް އަލް-އަގްސާ ހޮސްޕިޓަލް ފުރި ބާރުވެފައިވާ ކަމަށާއި އެ ހޮސްޕިޓަލަކީ މިހާރު "އަޑިޔަށްދާ ބޯޓެއް" ކަމަށް ޑޮކްޓަރސް ވިތައުޓް ބޯޑަރސް އިން ސިފަކޮށްފައިވެއެވެ.

ގާޒާގައި ހިނގަމުންދާ ހަނގުރާމައިގައި ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 36،654 ފަލަސްތީން ރައްޔިތުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން 83،309 ފަލަސްތީން ރައްޔިތުން ވަނީ ޒަޚަމްވެފައެވެ. ހަމާސްގެ ހަމަލާތަކުގައި މި މުއްދަތުގައި އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް