ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 14:26
ސައުދީ އަރަބިއްޔާގެ ކަލަންޑަރު ބުނާ ގޮތުން އަޟްހާ އީދު ވާނީ ޖޫން މަހުގެ 16 އަށް
ސައުދީ އަރަބިއްޔާގެ ކަލަންޑަރު ބުނާ ގޮތުން އަޟްހާ އީދު ވާނީ ޖޫން މަހުގެ 16 އަށް
ރާއްޖެ އެމްވީ
ޙައްޖު 1445
މިރޭ ސައުދީ ގައި ހައްޖުމަހުގެ ހަނދު ބަލާނެ
 
ހަނދު ބެލުމުގައި ދުރުމީ ބޭނުން ކޮށްގެން ހަނދު ފެނުނަސް ނުވަތަ ހަމަ ލޮލަށް ފެނުނަސް އެންމެ ރަނގަޅު ކަމުގައި ބުނެފައިވޭ

މި އަހަރުގެ ޛުލްހިއްޖާ މަސް ފެށުން ދެނެގަތުމަށް ހަނދު ބެލުން ސައުދީގައި އޮންނާނެ ކަމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ހާމަ ކޮށްފިއެވެ.

ބުދަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު ބަޔާނަކާ ހަވާލާދީ ސައުދީ ޕްރެސް އޭޖޭންސީން ބުނެފައިވަނީ، ސައުދީގެ އެންމެ މަތީ ކޯޓުން އެ ގައުމުގައި ވަޒަންވެރިވެގެން އުޅޭ ހުރިހާ މުސްލިމުންގެ ކިބައިން ޖޫން މަހުގެ 6 ވަނަ ދުވަހު އިރު އޮއްސުމުން ހަނދު ފެނޭތޯ ބެލުމަށާއި، އަދި ހަނދު ފެނިއްޖެނަމަ އެންމެ ގާތުގައިވާ ކޯޓަކަށް ހަނދާ ބެހޭ މައުލޫމާތު ދިނުމަށް އެދޭ ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ ހަނދު ބެލުމުގައި ދުރުމީ ބޭނުން ކޮށްގެން ހަނދު ފެނުނަސް ނުވަތަ ހަމަ ލޮލަށް ފެނުނަސް އެންމެ ރަނގަޅު ކަމުގައެވެ.

ސައުދީ އަރަބިއްޔާގެ ކަލަންޑަރު ބުނާ ގޮތުން އަޟްހާ އީދު ވާނީ ޖޫން މަހުގެ 16 އަށެވެ. އެހެން ނަމަވެސް ކަލަންޑަރު ބުނާ ގޮތައް އީދު ކަނޑައެޅިގެން ދާނީ ޖޫން 6 ވަނަ ދުވަހުގެ ރޭ ހަނދާ މެދު ނިންމާ ގޮތެއްގެ މަތީންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް