Advertisement
ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 13:15
ޕާކިންގް ޒޯންގައި ހުރި ސައިކަލްތައް ރޯކޮށްލާފައި
ޕާކިންގް ޒޯންގައި ހުރި ސައިކަލްތައް ރޯކޮށްލާފައި
އަދަދު
ސައިކަލުތަކެއްގައި ރޯކޮށްލުން
ސައިކަލުތަކުގަ ރޯކޮށްލި މައްސަލައިގައި 36 އަހަރުގެ މީހަކު ހައްޔަރުކޮށްފި
މި މައްސަލައާއި ގުޅިގެން 36 އަހަރުގެ ދިވެހި ފިރިހެނެއް
7 ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވޭ

ކުރީގެ ދަރުމަވަންތަ ސްކޫލްހުރިތަނުގައި ހަދާފައިވާ ޕާކިންޒޯންގައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މެދުޒިޔާރަތްމަގު ހޮޓެލް ޖެންކައިރި ސައިކަލް ޕާކިން ޒޯންގައި ހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލާފައިވާކަމަަށް އަންގާރަ ދުވަހުގެ 3:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އަލިފާން ރޯކޮށްލުމާއި ގުޅިގެން 7 ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 3 ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.

Advertisement

މި މައްސަލައާއި ގުޅިގެން 36 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ބުރާސްފަތި ދުވަހު އަމުރުކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް