ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 19:11
 ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު
 ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު
މުހައްމަދު ޝަރުހާން
މެންބަރުންގެ ގޮނޑި ގެއްލުން
ސުޕްރީމް ކޯޓުގެ ހުކުމާއެކު އަމިއްލަ ގޮތުން ހޮވުނު މެންބަރުންގެ ގޮނޑި ވެސް ގެއްލޭނެ: ދައުލަތް
އަމިއްލަ ގޮތުން ހޮވޭ މެންބަރުންގެ ގޮނޑި ނުގެއްލޭނަމަ މަގުސަދު ހާސިލްނުވޭ
ލަތީފްެ ގޮނޑިއެއް ނުގެއްލޭނެ، އަމިއްލަ ގޮތުން އިންތިޚާބުވީ
ހުކުމުގައި އޮތީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރުންގެ ވާހަކަ

ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން އިންތިޚާބުވާ މެންބަރުން ކަމުގައި ވިޔަސް ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުގައި ދައުލަތުން ބުނެފި އެވެ.

އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރުން ކަމުގައި ވިޔަސް ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ދައުލަތުން ބުނެފައިވަނީ، އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ޕީޕީއެމްއިން ވަކިކުރުމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައިގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.

އެ އަޑުއެހުމުގައި ލަތީފްގެ ވަކީލުން ވިދާޅުވީ، ސުޕްރީމް ކޯޓުން ޖުލައި މަހުގެ 13 ވަނަ ދުވަހު ކުރި ހުކުމުގެ ދަށުން ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އެ ހުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަކި ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް، އެ ޕާޓީގެ މެނިފެސްޓޯއާއި ފިކުރު ކުރިއަރުވަން އެއްބަސްވެ އިންތިޚާބު ކާމިޔާބުކުރާ މެންބަރުން ވާހަކަ ކަމަށެވެ. ލަތީފަކީ އަމިއްލަ ގޮތުން އިންތިޚާބް ކާމިޔާބުކުރެއްވި މެންބަރެއްކަން ފާހަގަކުރައްވައި ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ހުކުމުގެ ބާރު ހިނގަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރުންނަށް އެކަނި ކަމަށެވެ.

ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި ސަރީޙަ އިބާރާތުން އެފަދައިން ބަޔާންކޮށްފައިވާއިރު، ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަމިއްލައަށް ހުކުމް ބަދަލުކޮށްގެން ކަމަށެވެ. ހިސާން ވިދާޅުވީ ވަކި މެންބަރަކަށް ވަކި ގޮތެއް ހަދަން ހުކުރުމުގެ ތަރަހައިން ބޭރު ނުވެވޭނެ ކަމަށާއި މިއީ އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމުން ނުބައި ނިޔަތެއްގައި ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.

ހިސާން ވިދާޅުވީ އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރަކު ސުޕްރީމް ކޯޓުގެ ހުކުމަށް ފެއްތޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އެހެންކަމުން ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅޭނެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ލަތީފްގެ ވަކީލުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު ލަތީފްގެ ނަން އޮތީ ޕީޕީއެމްގެ ދަފްތަރުގައި ކަމަށާއި އެހެންކަމުން އެ ޕާޓީން ވަކިކުރުމުން ލަތީފްގެ ގޮނޑި ގެއްލޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ދައުލަތުގެ ވަކީލު މާޝާ ލުތުފީ ވިދާޅުވީ އެ ހުކުމުގެ ދަށުން އަމިއްލަ ގޮތުން އިންތިޚާބުވެ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ނުގެއްލޭނަމަ، ހުކުމުގެ ބާރު ކެނޑި، ހުކުމް ނެރުނު މަގްސަދު ގއްލި ގަޟާއީ ހައްލެއް ނުލިބޭނެ ކަމަށެވެ. 

މާޝާ ވިދާޅުވީ ހުކުމް ނެރެނު ފަހުން ޕީޕީއެމުން ލަތީފް ވަކިކޮށްފައިވާތީ އެ ހުކުމުގެ ބާރު ލަތީފްގެ މައްޗަށް ތަތްބީގްކޮށް ތަންފީޒް ވެސް ކުރެވޭނެ ކަމަށެވެ. 

ލަތީފްގެ ވަކީލުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޕީޕީއެމްގެ ހުރިހާ ނިންމުންތަކާ އެއްގޮތަށް ވޯޓް ދެވެން ނެތް ކަން ފާހަގަކޮށް ލަތީފް ވަނީ ޖޫން މަހުގެ 19 ވަނަ ދުވަހު އަމިއްލައަށް ޕާޓީން ވަކިވެފަ އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދާ ހަވާލާދެއްވާ ހިސާން ވިދާޅުވީ ޕާޓީން ވަކިވާން ހުށަހެޅުމުން ވަގުތުން ވަކިވާނެ ކަމަށާއި އެހެންނަމަވެސް ޕީޕީއެމްގެ ދަފްތަރުންނާއި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ވެސް ވަކިކޮށްދީފައިނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ޕީޕީއެމްގެ ދަފްތަރުން އުނިކޮށް ނުދިނީ ގާނޫނާ ޚިލާފަށް ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބޭނުމުގައިކަން ޖުލައި މަހުގެ 18 ވަނަ ދުވަހު ދަފްތަރުން އުނިކުރި ހިސާބުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ޕީޕީއެމުން ވަކިވެފައިވަނިކޮށް، މަޖިލިސް ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގައި ލަތީފް ކުރެއްވި އަނބުރާ ނެގުމަށް ޕީޕީއެމުން އެންގިކަން ފާހަގަކޮށް ހިސާން ވިދާޅުވީ ޕާޓީން ވަކިވެފައިވަނިކޮށް ލަތީފްގެ މައްޗަށް އެއްވެސް އެންގުމެއް އެންގުމުގެ ހައްގު ޕީޕީއެމަށް ލިބިގެންނުވާ ކަމަށެވެ.  

އެ މައްސަލާގައި ލަތީފަށް ފިޔަވަޅު އެޅުމުގެ ކުރިން އޭނާ ޕާޓީން ވަކިވެވަޑައިގަންނަވަން ހުށަހަޅުއްވާފައި އޮތް އޮތުމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ ޕާޓީއަކުން މީހަކު ވަކިވި ކަމަށް ބެލެވޭނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެ ޕާޓީއެއްގެ ދަފްތަރުން އެ މީހެއްގެ ނަން އުނިކުރާ ހިސާބުން ކަމަށެވެ. އަދި ޕާޓީއަކުން ވަކިކޮށްދޭން އެދި ފުރަތަމަ އެދެން ޖެހޭނީ އެ ޕާޓީއެއްގައި ކަމަށާއި ކޮމިޝަނުން އެކަން ކޮށްދޭނީ 14 ދުވަސް ތެރޭގައި ޕާޓީން އެކަން ކޮށް ނުދީފި ނަމަ ކަމަށް ފާހަގަކޮށް ވަކީލު ވިދާޅުވީ ކޮމިޝަނުން އަމިއްލަ އަށް ޕާޓީއަކުން މެމްބަރަކު ވަކިކޮށްދޭނީ އެކަންކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.

އެގޮތުން ލަތީފްގެ ނަން ދަފްތަރުން އުނިކޮށް ދިނުމަށް ޖުލައި މަހުގެ 11 ވަނަ ދުވަހު ހުށަހެޅުމުން އެކަން ކަށަވަރުކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރި ކަމަށާއި، އެ އިޖުރާއަތު ފުރިހަމަ ކުރަމުންދަނިކޮށް ސުޕްރީމް ކޯޓުން ހުކުމް ނެރުނީ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ސައުދުގެ ނަން ދަފްތަރުން އުނިނުކުރެވެނީސް ޕާޓީން އޭނާ ވަކިކުރީ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

ބުދަ ދުވަހު ބޭއްވި އަޑުއެހުން ނިންމާލާފައިވަނީ އިތުރު ވާހަކަ ދައްކަން ބޭނުންވާނަމަ އިތުރު އަޑުއެހުމެއް ބާއްވާ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް