ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 18:37
އަމީތާއި ސައުދުގެ އިތުރު މެމެބަރުންނާއެކު އިލެކްޝަންސް ކޮމިޝަން ކައިރި:--
އަމީތާއި ސައުދުގެ އިތުރު މެމެބަރުންނާއެކު އިލެކްޝަންސް ކޮމިޝަން ކައިރި:--
ރާއްޖެއެމްވީ
ހައި ކޯޓް
އަމީތާއި ސައުދުގެ ބަންދުގެ އިސްތިއުނާފުގެ އަޑުއެހުން މާދަމާ ފަށަނީ
ސައުދާއި އަމީތުގެ ބަންދަށް 15 ދުވަސް ޖަހާފައިވޭ
ދެ މީހުންވެސް ހައްޔަރު ކުރީ މެމްބަރުކަން ގެއްލިފައިވާ ކަމަަށް ކަނޑައަޅާފައިވަނިކޮން މަޖިލީހަށް ވެންނެވި މައްސަލާގައި

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ބަންދުގައި ބަހައްޓަން  ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފުގެ އަޑުއެހުންތައް މާދަމާ ހައި ކޯޓުގައި ފެށުމަށް ތާވަލު ކޮށްފި އެވެ.

 

ސައުދު ހައްޔަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާކަމުގެ ތުހުމަތުގައި ހިންގާ ޝަރީއަތަށް ކަމަށްބުނެ އެވެ. ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާދިފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހެވެ.

ސައުދުގެ ބަންދުގެ މައްސަލާގެ އިސްތިއުނާފުގެ އަޑުއެހުން އޮތީ ބުދަ ދުވަހުގެ ހެނދުނު 11.00ގަ އެވެ

ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައެއްގައި ސައުދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ. އެ މައްސަލާގެ ލިޔެކިއުންތައް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

 

 އަމީތު ވެސް ހައްޔަރު ކުރީ ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބައެއް، ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި އެވެ.  

އަމީތުގެ ބަންދުގެ މައްސަލާގެ އިސްތިއުނާފުގެ އަޑުއެހުން އޮތީ ބުދަ ދުވަހުގެ ހެނދުނު 10.00ގަ އެވެ. 

މި ދެ މީހުންވެސް ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އެމީހުންގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވިދާނެކަމަށް ފެންނާތީ" ކަމަށް އަމުރުގައިވެ އެވެ.

 

އަމީތާއި ސައުދުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ވެސް ކުރިއަށް ދެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް