ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 15:32
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ހަބީބާ އައްޔަންކުރެއްވީ އަންގާރަ ދުވަހު
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ހަބީބާ އައްޔަންކުރެއްވީ އަންގާރަ ދުވަހު
ރައީސް އޮފީސް
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަން
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ހަބީބާ އައްޔަންކޮށްފި
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމް
ފާތިމަތު ހަބީބާ އަކީ 9 ޑިސެމްބަރު 2010ން ފެށިގެން ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމް އަދާކުރައްވަމުންދާ ބޭފުޅެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އަންގާރަ ދުވަހު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ވަނީ ދަފްތަރު ނަންބަރު ރސ 9472، ފާޠިމަތު ޙަބީބާއެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ.

އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި ފާޠިމަތު ޙަބީބާއަށް ވަނީ އަރުވާފައެވެ.

ހަބީބާއަށް ރުހުން ދީފައިވަނީ މިދިޔަ އެޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ.

ހަބީބާގެ އިތުރުން އެ މަގާމަށް އައްޔަން ކުރެއްވުމަށް އަބްދުލް ހަސީބު އިސްމާއިލަށް ރުހުން ދިނުމަށް ވެސް މަޖިލީހުގައި ވޯޓަށް އެހިއެވެ. އެހެންނަމަވެސް އޭނާއަށް ރުހުން ނުދިނުމަށް މެންބަރުންގެ މެދުގައި ނެގި ވޯޓުން ވަނީ ނިންމަވާފައެވެ.

ފާތިމަތު ހަބީބާ އަކީ 9 ޑިސެމްބަރު 2010ން ފެށިގެން ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމް އަދާކުރައްވަމުންދާ ބޭފުޅެކެވެ.

ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ.

ސިވިލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފެވެ.

- ކޮމެންޓް