ކ. މާލެ
|
3 ޖޫން 2024 | ހޯމަ 22:34
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ
މަޖިލިސް
ރާއްޖޭގެ މާލީ ހާލަތު
ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު ދަނީ ގޯހުން ގޯހަށް: އަމީރު
ކުރީގެ އެއްވެސް ސަރުކާރަކުން ސިޔާސީ ކުލަ ނުޖައްސާ ހިންގަމުން އައި ބައެއް ކުންފުނިތައް ވެސް މިހާރު ފެންނަނީ ސިޔާސީ ވެފައިވާ ތަން ކަމަށް ވިދާޅުވި

ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށް ކުރީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ރާއްޖޭގެ މިހާރުގެ މާލީ ހާލަތު އޮތް ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، ކުންފުނިތަކުގެ މާލީ ހާލަތުވެސް ހިންގުމުގެ ހާލަތުވެސް ދުވަހެއް ދުވަހަކަށް ދަށްވަމުން އަންނަ ކަމަށެވެ.

ކުންފުނިތައް ވަރަށް ހާލުގައި އޮތީ، އާމްދަނީވެސް މަދު، ރިކަރެންޓް ޚަރަދު ކުޑައެއް ނުކުރެވޭ.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަމީރު ފާހަގަ ކުރެއްވި ގޮތުގައި ކުންފުނިތަކަށް ސިޔާސީ ގޮތުން އައްޔަން ކޮށްފައިވާ މީހުންގެ އަދަދު އިންތިހާ އަށް ވަނީ އިތުރުވެފައެވެ. ބައެއް ކުންފުނިތަކުގައި ސިޔާސީ ގޮތުން އައްޔަން ކޮށްފައި ތިބި މީހުން އެނޫން މުވައްޒަފުންނަށް ވުރެ އިތުރު ކަމަށާއި، އައްޔަން ކޮށްފައި ތިބި ބައެއް މީހުން ކުރާނެ މަސައްކަތެއްވެސް އިށީންނާނެ ތަނެއްވެސް ކުންފުނިތަކުގައި ނެތް ކަމަށެވެ.

އަމީރު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަ ކަމަށް އޭރު ވާހަކަ ދެއްކި އިރު، ތިބީ 700 އެއްހާ ސިޔާސީ މުވައްޒަފުން ކަމަށާ މިހާރު އެ އަދަދު 2000ން މައްޗަށް ހިނގައްޖެ ކަމުގެ ވާހަކަތައް އިވޭ ކަމަށެވެ.

އަމީރު ވިދާޅުވީ، ކުރީގެ އެއްވެސް ސަރުކާރަކުން ސިޔާސީ ކުލަ ނުޖައްސާ ހިންގަމުން އައި ބައެއް ކުންފުނިތައް ވެސް މިހާރު ފެންނަނީ ސިޔާސީ ވެފައިވާ ތަން ކަމަށެވެ. އެނާ ފާހަގަ ކުރެއްވި ގޮތުގައި، އެމްއޭސީއެލް، އެމްޕީއެލް، ބީއެމްއެލް އަދި އެމްޓީސީސީ ފަދަ ކުންފުނި ތަކަކީ ކުރިން ޕްރޮފެޝަނަލް ކޮށް ހިންގަމުން އައި ތަންތަން ކަމަށް ވިޔަސް މިހާރު އެފަދަ ކުންފުނި ތަކަށްވެސް ސިޔާސީ ގޮތުން މީހުން ލައި ސިޔާސީ ކޮށްފައިވާ ކަމުގެ ހިތްހަމަ ނުޖެހުން އެތަންތާނގައި މަސައްކަތް ކުރާ ޕްރޮފެޝަނަލް މުވައްޒަފުންވެސް ފާހަގަ ކޮށް އެކަމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.

- ކޮމެންޓް
4 ޖޫން 2024 | އަންގާރަ 00:37
މުޖުތާޒު
އަމީރު ސަރުކާރުގެ ކުންފުނިތައް ހިގާގޮތް ބެލުމުގެ ކުރިން ކާފަ ގަމުގަ އޮޅުހެއްދިގޮތް ބެލިނަމަ ރަގަޅުވީސް ހަމަ އެގޮތައް އަމިއްލަޔަށް ފިނޭންސް މިނިސްޓްރީގެ މިނިސްޓަރަކައް ހުރެގެން ފައިސާ ޗާޕުކުރުވާ އެފައިސާ ގެންސް އެނުހައްގުން ބެހީވެސް ތިއަމީރު އަގައޮތީމަ ތަޅުބަނީހަރާމުން ހަރާން އެގޭ އެއްޗެއް