ކ. މާލެ
|
15 ޑިސެންބަރ 2024 | އާދީއްތަ 13:40
ދިވެހި ފައިސާގެ ނޫޓުތައް ފެންނަ ބިލްބޯޑެއް
ދިވެހި ފައިސާގެ ނޫޓުތައް ފެންނަ ބިލްބޯޑެއް
ގެޓީ އިމޭޖަސް
ސަރުކާރުގެ އާމްދަނީ/ޚަރަދު
ނޮވެމްބަރުގެ ނިޔަލަށް 31.9 ބިލިޔަން ލިބުނު އިރު 43 ބިލިއަން ޚަރަދު ކޮށްފި
މުސާރައިގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ނޮވެމްބަރުގެ ނިޔަލަށް ވަނީ ހޭދަ ކޮށްފައި

އާމްދަނީ އާއި އެހީގެ ގޮތުގައި ނޮވެމްބަރުގެ ނިޔަލަށް 31.9 ބިލިއަން ރުފިޔާ ސަރުކާރަށް ލިބިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

31.9 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނު އިރު 43 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. މީގެ ތެރެއިން، ރިކަރަންޓް ޚަރަދުގެ ގޮތުގައި 12.4 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފައެވެ.

މުސާރައިގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ނޮވެމްބަރުގެ ނިޔަލަށް ވަނީ ހޭދަ ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިދިޔަ އަހަރު މި މުއްދަތުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނީ 31.1 ބިލިއަން ރުފިޔާ ކަމަށެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކެޕިޓަލް ޚަރަދުތަކަށް ހޭދަކޮށްފައި ވަނީ 12.9 ބިލިޔަން ރުފިޔާއެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައި ދެއްކި ފައިސާ އެވެ. އެއީ 24.3 ބިލިއަން ރުފިޔާއެވެ. ޓެކްސް ގެ ގޮތުގައި މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވަނީ 22.3 ބިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ހިއްސާ އެންމެ ބޮޑަށް ލިބިފައިވަނީ ގުޑްސްއެންޑް ސަރވިސް ޓެކްސް (ޖީއެސްޓީ) އިންނެވެ. އެއީ 13.2 ބިލިޔަން ރުފިޔާއެވެ. އޭގެ އިތުރުން ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، (ބީޕީޓީ) ގެ ގޮތުގައި 5.8 ބިލިޔަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ލިބުނު ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައިމި އަހަރުގެ ފުރަތަމަ 11 މަހު ލިބިފައިވަނީ 7 ބިލިޔަން ރުފިޔާއެވެ. އަދި ހިލޭއެހީގެ ގޮތުގައި 691 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

- ކޮމެންޓް