Advertisement
ކ. މާލެ
|
9 ޖެނުއަރީ 2024 | އަންގާރަ 16:32
މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް
ރާއްޖެއެމްވީ
"ރައްޔިތުންގެ ދަރުބާރު" ޕްރޮގްރާމް މިރޭ
އާޒިމް އާއި އެކު "ރައްޔިތުންގެ ދަރުބާރު" މިރޭ ރާއްޖެޓީވީން ގެނެސްދެނީ
ޝޯ ހުށަހަޅާދޭނީ ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސް މިއުވާން މުހައްމަދު
މި ދަރުބާރުގައި ބައިވެރިވާ ފަރާތްތަކަށް އާޒިމް އާއި ސުވާލުކުރުމަށް ފުރުސަތު ލިބިގެންދާނެ
ޝޯ ކުރިއަށް ދާނީ މިރޭގެ 09:00 އިން ފެށިގެން

ރާއްޖެ ޓީވީ އިން ގެނެސްދޭ "ރައްޔިތުންގެ ދަރުބާރު" ޕްރޮގްރާމް މިރޭ އޮންނާނެއެވެ.

މި ޕްރޮގްރާމް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި އެކުގައެވެ.

ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސް މިއުވާން މުހައްމަދު ހުށަހަޅާދޭ މި ޝޯ ކުރިއަށް ދާނީ މިރޭގެ 09:00 އިން ފެށިގެންނެވެ.

Advertisement

މި ދަރުބާރުގައި ބައިވެރިވާ ފަރާތްތަކަށް އާޒިމް އާއި ސުވާލުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ރައްޔިތުންގެ ދަރުބާރު މި ޕްރޮގްރާމަކީ ބެލުންތެރިންގެ މެދުގައި ބަލައިގަންނަ ޕްރޮގްރާމެކެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި އެކު ވެސް ކުރިން "ރައްޔިތުންގެ ދަރުބާރު" ޕްރޮގްރާމް ވަނީ ގެނެސްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް