ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 17:21
ޔާމިން ރަޝީދުގެ ހަށިގަނޑު ގެންދަނީ
ޔާމިން ރަޝީދުގެ ހަށިގަނޑު ގެންދަނީ
ރާއްޖެ އެމްވީ
ފުލުހުން
ޔާމީން މަރާލީ ދީނަށް ފުރައްސާރަ ކުރާ މީހަކަށް ވާތީ ކަމަށް ގާތިލުން ބުނޭ:ޕޮލިސް
ފުލުހުން ބުނީ 7 މީހަކު ބަންދުގައި ތިބި ކަމަށް
ޔާމިން މަރާލުމަށް ހަމަލާ ދިނީ ތިން މީހުން
ޔާމިން މަރާލީ ފަހަތުން ފާރަލަމުން އައިސް ގެއަށް ވަނުމުން

ޔާމީން ރަޝީދު މަރާލީ އޭނާއަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހަކަށް ވާތީ ކަމަށް އޭނާ މަރާލި މީހުން ބުނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގާ މިހާރު ބާއްވަމުންދާ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ފުލުހުން ބުނީ މުޅި ޖުމްލަ 8 މީހަކު ޔާމީން މަރާލުމުގައި ބައިވެރިވާ ކަމަށާއި އެމީހުންނަށް ދައުވާ ކުރުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ފޮޓޯ ޢާއްމު ކޮށްފައެވެ. އަދި އޭގެ ތެރެއިން 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައިވާއިރު އިތުރު މީހަކު ހުރީ ގޭބަންދުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޔާމިން ރަޝީދު މަރާލީ އެރޭ އޭނާގެ އޮފީހުން ނުކުތުމާއެކު ބަޔަކު ފަހަތުން ފާރަލަމުން ގޮސް އޭނާގެ ގޭތެރޭގައި ފިލާފައިތިބި ބަޔަކަށް މައުލޫމާތު ފޯރުކޮށްދީގެން ކަމަށެވެ. އަދި ޔާމިން ގެއަށް ވަނުމާއެކު އެގޭތެރޭގައި ފިލާތިބި މީހުން އޭނާއަށް ހަމަލާ ދީފައިވަނީ ލިފްޓަށް އަރަން ލިފްޓު ހުޅުވުނު ވަގުތު ކަމަށާއި އެހެންކަމުން ލިފްޓްގައި ހުރި ކެމެރާއަށް އެމަންޒަރު ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެތެރެއިން ޔާމީން މަރާލުމުގައި ހަރަކާތްތެރިވި މީހުންނަށް ގެއިން ބޭރުގައި ފާރަޔަށް ތިބި ބަޔަކު ދިޔައީ މައުލޫމާތު ދެމުން ކަމަށެވެ.

ޔާމިން ރަޝީދު މަރާލުމަށް ފަހު އެންމެން ވެސް ދިޔައީ ސައިކަލްތަކެއްގައި ކަމަށާއި ބޮޑުތަކުރުފާނު މަގުން އެމީހުން ގޮސްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 އޯގަސްޓް 2017 | ބުދަ 17:23
ސާދިޤު
މިއުޅެނީ އަހަރެމެން ގެ ބޯގޮއްވަންތަ؟ޕޕ