ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 19:56
ޖަލަށް އެތެރެ ކުރަން އުޅުނު މަސްތުވާ ތަކެއްޗާއި ތަކެތި
ޖަލަށް އެތެރެ ކުރަން އުޅުނު މަސްތުވާ ތަކެއްޗާއި ތަކެތި
ޕޮލިސް
ޖަލަށް މަސްތުވާތަކެތި
ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި
ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް
ތަކެތި އަތުލައިގަތީ ފުލުހުންނަށް ލިބުނު އިންޓަލިޖެންސްގެ މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި

ކ.ހިންމަފުށި އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާ ގިނައަދަދެއްގެ ސާމާނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލެއިން ފުރައިގެން ހިންމަފުއްޓަށް ދަތުރުކުރާ ލޯންޗަކުން އައްސޭރި ޖަލަށް ވެއްދުމަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 7 ވަނަ ދުވަހުގެރޭ 22:29 ހާއިރު ހިންމަފުށި ބަނދަރުމަތިން ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށް އޭނާގެ ހަށިގަނޑާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާ އަޅުވައިގެން ހުރި ދަބަހުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 7 ރަބަރު ޕެކެޓަކާއި ސެލޯފިންކޮޅެއްގެ އިތުރުން އަތަރު ފުޅިތަކަކާއި މޮބައިލް ފޯނުތަކަކާއި ސީޑީތަކަކާއި އީސްޓް ދަޅުތަކެއްގެ އިތުރުން ވަޅިއަކާއި ސިމްކާޑުތަކެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.ހިންމަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ .މި މައްސަލަ ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް