ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 17:18
މެމްބަރު ފާރިސްގެ މަންމާފުޅު މެޑަމް ނަސްރީނާ އިބްރާހީމް އަދި ދަންތަ ޔުމްނާ މައުމޫން ހައިކޯޓަށް ވަޑައިގެންނެވުމަށްފަހު ނިކުމެވަޑައިގަންނަވަނީ --
މެމްބަރު ފާރިސްގެ މަންމާފުޅު މެޑަމް ނަސްރީނާ އިބްރާހީމް އަދި ދަންތަ ޔުމްނާ މައުމޫން ހައިކޯޓަށް ވަޑައިގެންނެވުމަށްފަހު ނިކުމެވަޑައިގަންނަވަނީ --
އެމްޑީޕީ
ފާރިސް މައުމޫން ހައްޔަރުކުރުން
ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަށް މެޑަމް ނަސްރީނާ ހައިކޯޓަށް ވަޑައިގަންނަވައިފި
ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މިވަނީ ނިންމާލައިފަ
ފާރިސްގެ މައްޗަށް ކުރައްވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތު
މީގެއިތުރުން، ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާ އުފުލާ، ޝަރީއަތްވެސް ދަނީ ކުރަމުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަހާފައިވާ ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރުގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުމަށް ފާރިސްގެ މަންމަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމް ހައިކޯޓަށް ވަޑައިގަންނަވައިފި އެވެ.

ހައިކޯޓު މިހާރު ހިނގަމުން އަންނަނީ ރައީސް މައުމޫންގެ ދެކަނބަލުންނާއި އާއިލާ ދިރިއުޅުއްވި ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބައެއްގަ އެެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތަކާއި ގުޅިގެންނެވެ. އަދި ފާރިސްގެ މައްޗަށް ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާއިރު، ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތު ދިނުމުގެ ކުށުގެ ތަހުގީގު ނުނިމެ އެވެ. އަދި އެމައްސަލަައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވިކަން ވެސް އެނގޭކަށް ނެތެވެ. އަދި އެމައްސަލައިގައި ދައުވާ ކުރުމަށް ކޯޓަށް ހުށަހެޅާފައިވާކަން ވެސް އެނގޭކަށް ނެތެވެ.

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފާރިސްގެ މައްޗަށްކުރި އަމުރު، ހައިކޯޓުގައި ބުދަ ދުވަހު ބޭއްވި އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ.

އެހެންކަމުން ހައިކޯޓުގައި ދެން ބޭއްވޭނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތުގެ އަޑުއެހުމެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތު ކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތި ވެފައިވަނިކޮށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ވަނީ މަޖިލީހުގެ ބޮޑު މެޖޯރިޓީއަކާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފަ އެވެ.

މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމާއެކު މަޖިލީހުން ވަނީ އެމައްސަލައިގައި ސޮއި ކުރައްވާފައިވާ ބައެއް މެމްބަރުންގެ މަޖިލީހުގައި އަދާކުރައްވާ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައި، އެ މެމްބަރުންގެ ސޮއި ސައްހަ ނޫންކަމަށް ނިންމައި މަޖިލީހުން އެމައްސަލަ ބޭރުކޮށްލާފަ އެވެ.

- ކޮމެންޓް