ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 16:14
ތުލުަސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް
ތުލުަސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް
ޓްވިޓަރ
މެމްބަރު ވައްޑެ
މެމްބަރު ވައްޑެގެ ބަންދަށް ހަތަރު ދުވަސް
ވަހީދު ހައްޔަރުކުރީ ޖުލައި މަހުގެ 24 ވަނަ ދުވަހު
ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވަން މައްސަލަ
ވަހީދުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތަރު ދުވަސް ޖަހައިފި އެވެ.

ވައްޑެގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތަރު ދުވަސް ޖެހީ ކުރިން ޖަހާފައިވާ 15 ދުވަހުގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރު ކުރުމަށް ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ،

މެމްބަރު ވަހީދު ހައްޔަރު ކޮށްފައި ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުނެނެވެ.

އޭނާ ހައްޔަރު ކުރުމަށް ނެރުނު ކޯޓް އަމުރުގައި ބުނެފައި ވަނީ އޭނާ ހައްޔަރުކުރަން ޖެހެނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ބަޔަކު ފުލުހުންގެ ސަފުތައް ފަޅާލައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހްމަތު ކުރެވޭ މައްސަލައިގައި އޭނާ ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ އޭނާގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އާއި މައްސަލައިގެ ހެއްކަން ނުފޫޒު ފޯރުވާފާނެތީ ކަމަށެވެ.

މެމްބަރު ވަހީދުގެ މައްޗަށް ލިބިފައިވާ ހެއްކެއްގެ ގޮތުގައި އަމުރުގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ ސިޓީއެއްގެ ކޮޕީއެވެ.

ޕީޕީއެމްއިން ވަކިކުރި މެމްބަރުންގެ ގޮނޑީ ގެއްލުމާ ގުޅޭ ގޮތުން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވެ އެވެ. އެ މެމްބަރުންގެ ގޮނޑީ ގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ނަމަވެސް، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަ އެވެ.

މަޖިލީހުގެ އިދާރާއަށް ފުލުހުން ވަދެ އެދުވަހު ވަހީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭނާގެ ގޮނޑި ގެއްލިފައިވާ  ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި މަޖިލީހުން ކަނޑައަޅާފައިވާއިރު، ތުހްމަތު ކުރީ މެމެބަރެއްގެ ގޮތުގައި ނެތި މަޖިލީހުގެ އިދާރާއަށް ވެންނެވުމެވެ. ގޮނޑި ގެއްލުނު މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 އޯގަސްޓް 2017 | ބުދަ 16:23
ވައްޑެ
ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް