ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 10:11
ރެއާލުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ
ރެއާލުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޑޯޓްމަންޑު ބަލިކޮށް، ރެއާލުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލައިފި
ރެއާލް އަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވެސް އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ބަލިކޮށް، ސްޕެއިންގެ ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ އިނގިރޭސި ރަސްމީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ރެއާލުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ރެއާލުން ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

ދެ ވަނަ ހާފުގައި ރެއާލަށް ލީޑު ނަގައިދިނީ ޑެނީ ކާވަހާލް އެވެ. އޭނާ އެ ލަނޑު ޖެހީ ޓޯނީ ކްރޫސް ނެގު ކޯނަރެއްގައި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. މެޗުގައި ރެއާލްގެ ދެ ވަނަ ލަނޑު ވިނީޝިއުސް ޖޫނިއާ ޖެހީ މެޗުގެ 83 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖޫޑް ބެލިންހަމް އެވެ.

ރެއާލުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލިއިރު، މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ އެއްވެސް މެޗަކުން ރެއާލް ބަލި ނުވެ އެވެ. އަނެއްކޮޅުން މިއީ ރެއާލަށް އިރުޝާދު ދެމުން އަންނަ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން އެ ޓީމުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. ކޯޗެއްގެ ގޮތުގައި ފަސް ފަހަރު އަންޗެލޮޓީ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، އަނެއް ދެ ފަހަރު ކާމިޔާބު ކުރީ އިޓަލީގެ އޭސީ މިލާނާ އެކު އެވެ.

ރެއާލް އަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވެސް އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމެވެ.

- ކޮމެންޓް