ކ. މާލެ
|
31 މެއި 2024 | ހުކުރު 21:57
ހީޓް ސްޓްރޯކް ޖެހުނު މީހަކަށް ފަރުވާ ދެނީ
ހީޓް ސްޓްރޯކް ޖެހުނު މީހަކަށް ފަރުވާ ދެނީ
ގެޓީ އިމޭޖަސް
ހީޓް ސްޓްރޯކް ޖެހިގެން މީހުން މަރުވުން
ހޫނު ގަދަވުމުގެ ސަބަބުން އިންޑިއާގައި 24 ގަޑީއިރު ތެރޭ 15 މަރު
ވެރިރަށް ދިއްލީގައި ހުސްވި ހަފްތާގައި ހޫނުމިން 50 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށް ރިޕޯޓް ކޮށްފައިވޭ
އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ބިހާރު، ރާޖަސްތާން، އަދި ވެރިރަށް ދިއްލީން ވެސް ހީޓް ސްޓްރޯކް ޖެހިގެން މީހުން މަރުވެފައިވާކަން ރެކޯޑް ކުރެވިފައިވޭ

އިންޑިއާގައި އިންތިހާއަށް ހޫނު ގަދަ ވުމުގެ ސަބަބުން، އެ ގައުމުގެ އުތުރުގެ ސަރަހައްދު ތަކުންނާއި މެދުތެރޭގެ ސަރަހައްދު ތަކުން 24 ގަޑީއިރު ތެރޭ 15 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުރާސްފަތި ދުވަހު ބުނެފިއެވެ.

އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ބިހާރު، ރާޖަސްތާން، އަދި ވެރިރަށް ދިއްލީން ވެސް ހީޓް ސްޓްރޯކް ޖެހިގެން މީހުން މަރުވެފައިވާކަން ރެކޯޑް ކުރެވިފައިވެއެވެ.

އިންޑާގައި ހޫނު އިންތިހާ އަށް މައްޗަށް ގޮސްފައިވާ މި ދަނޑިވަޅަކީ އެތައް ހަފްތާ އަކަށް ކުރިއަށްދާ އެ ގައުމުގެ އާއްމު އިންތިޚާބުގެ ވޯޓުލުން ހިނގަމުންދާ ދުވަސްވަރުކަން ފާހަގަ ކުރެވެއެވެ.

ބިހާރު ޑިސްޓްރިކްޓްގެ ބޯޖްޕޫރުގެ އޮފިޝަލަކު ޓައިމްސް އޮފް އިންޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި ހޫނު ގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހިގެން ބޯޖްޕޫރުގައި އިންތިޚާބުގެ 3 އޮފިޝަލުންނާއި ފުލުހަކު ވަނީ ބުރާސްފަތި ދުވަހު މަރުވެފައެވެ.

އަނެއްކޮޅުން އޯލް އިންޑިއާ ރޭޑިއޯ އިން ބުނެފައިވަނީ އުއްތަރުޕްރަދޭޝްގެ މިޒާޕޫރުން އިންތިޚާބުގެ ޑިއުޓީގައި ތިބި 6 ހޯމް ގާޑުން މަރުވެފައިވާ ކަމަށެވެ. މިޒާޕޫރުގައި ވޯޓު ލުން އޮންނާނީ ހޮނިހިރު ދުވަހުއެވެ. އެ ޑިސްޓްރިކްޓްގައި ހޫނުމިން 44 ޑިގްރީ ސެލްސިއަސް ގައި ހުރި ކަމަށްވެސް މި ޚަބަރުގައި ވެއެވެ.

ހޫނު ގަދަ ވުމާ ގުޅޭ ބަލިތަކުގައި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުން އިތުރުވަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ވެރިރަށް ދިއްލީގައި ހުސްވި ހަފްތާގައި ހޫނުމިން 50 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް