ކ. މާލެ
|
31 މެއި 2024 | ހުކުރު 21:41
އީރާނުގެ ދިފާއީ ވަޒީރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރިޒާ އަޝްތިއާނީ
އީރާނުގެ ދިފާއީ ވަޒީރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރިޒާ އަޝްތިއާނީ
ޕްރެސް ޓީވީ
ޔޫކްރެއިން ރަޝިޔާ ހަނގުރާމަ
އީރާންގެ ދިފާއީ ވަޒީރަށް ދަތިކުރުމުގެ ފިޔަވަޅު ޔޫރަޕިއަން ޔޫނިއަން އިން އަޅައިފި
ފިޔަވަޅު އަޅަން ނިންމީ މި ފަރާތްތަކުން ރަޝިއާ އަށް ޑްރޯން އާއި މިސައިލް ފޯރުކޮށް ދިނުމުގެ ސަބަބުން ހުޅަނގު އޭޝިއާ ސަރަހައްދާއި ރަތް ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކައުތެރި ކަން ގެއްލިގެންދާތީ

ރަޝިއާ އިން ޔޫކްރެއިން ގައި ހިންގަމުންދާ ހަނގުރާމައިގައި ރަޝިއާ އަށް އެހީތެރިކަން ފޯރުކޮށް ދޭ ކަމުގެ ތުހުމަތުގައި އީރާނުގެ ދިފާއީ ވަޒީރަށް ދަތި ކުރުމުގެ ފިޔަވަޅު ޔޫރަޕިއަން ޔޫނިއަން އިން އަޅައިފިއެވެ.

ހުކުރު ދުވަހު ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް އިން ނެރުނު ނޫސް ބަޔާނެއްގައި އީރާނުގެ 6 މީހެއްގެ މައްޗަށާއި 3 މުއައްސަސާ އަކަށް ފިޔަވަޅު އަޅަން ނިންމައިފި ކަމަށާއި، ފިޔަވަޅު އަޅަން ނިންމީ މި ފަރާތްތަކުން ރަޝިއާ އަށް ޑްރޯން އާއި މިސައިލް ފޯރުކޮށް ދިނުމުގެ ސަބަބުން ހުޅަނގު އޭޝިއާ ސަރަހައްދާއި ރަތް ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކައުތެރި ކަން ގެއްލިގެންދާތީ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން އިން ފިޔަވަޅު އެޅި އިސް ފަރާތްތަކުގެ ތެރޭގައި އީރާނުގެ ދިފާއީ ވަޒީރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރިޒާ އަޝްތިއާނީ ގެ އިތުރުން އީރާނުގެ އޭވިއޭޝަން އިންޑަސްޓްރީ އޮގަނައިޒޭޝަންގެ ވެރިޔާ ހިމެނެއެވެ.

ޔޫރަފިއަން ޔޫނިއަން އިން އެޅި ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ތެރޭގައި އެފަރާތްތަކުގެ ފައިސާ އާއި މުދާ ހިފެހެއްޓުމާއި، ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދަތުރު ކުރުން މަނާ ކުރުން ހިމެނެއެވެ. އޭގެ އިތުރުން އެފަރާތްތަކަށް ފައިސާ ނުވަތަ އެހެން ވެސް ވަސީލަތެއް ފޯރުކޮށްދިނުމަކީ ވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް