ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 14:51
މުހައްމަދު އަނަސް
މުހައްމަދު އަނަސް
ފޭސްބުކް
އަނަސްގެ މަރު
އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި
ބަންދުގެ މުއްދަތަށް ޖަހާފައިވަނީ 10-8 ދުވަސް
އަނަސް މަރާލާފައިވަނީ ޖުލައި 31 ވަނަ ދުވަސް
އަސަރީހިޔާއިން 12 މީހަކު ހައްޔަރުކޮށްފައިވޭ

އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މ. އަސަރީހިޔާއިން ހައްޔަރު ކުރި 12 މީހުންގެ ބަންދު ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ޖަހާފައިވާ ކަމަށެވެ. ހައްޔަރު ކުރި އެކި މީހުންގެ ބަންދުގެ މުއްދަތު ތަފާތު ކަމަށާއި އެހެން ނަމަވެސް ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ 10 ދުވަހާއި އަށް ދުވަހުގެ މުއްދަތެއް ކަމަށެވެ. އަސަރީހިޔާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުދިން ވެސް ހިމެނެ އެވެ.

ފުލުހުން ވަނީ އަސަރީހިޔާއިން ހައްޔަރު ކުރި 12 މީހުންގެ ތެރޭގައި ލިޓަސް ސަރވިސް ސެންޓަރު ތެރޭގައި ވަޅިޖަހާ މަރާލި އަނަސްގެ މަރުގެ މައްސަލައިގައި އަމަލީ ގޮތުން ބައިވެރިިވި މީހުން ވެސް ހައްޔަރުކޮށްފައިވާ ކަން ހާމަކޮށްފަ އެވެ.

އަނަސް މަރާލާފައިވަނީ ޖުލައި 31 ވަނަ ދުވަހުގެ ރޭ 09:10 ހާއިރު އެވެ. މަންޒަރު ފެނުނު މީހަކު ބުނިގޮތުގައި އަނަސް މަރާލާފައިވަނީ ތިން ސައިކަލެއްގައި ދިޔަ މޫނު ފޮރުވައިގެން ތިބި ބައެއް ކަމަށެވެ.

 އަނަސްއަކީ ލޯންޗެއްގެ ކެޕްޓަނެކެވެ. އުމުރުން 25 އަހަރުގެ މުހައްމަދު އަނަސް މަރާލުމާއި ގުޅިގެން އޭނާގެ އުފަންރަށް ރ. މީދޫގައި އަންނަނީ އޭނާގެ މަރަށް އިންސާފަށް ގޮވާލާ އަޑުއުފުލަމުންނެވެ.

އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯގައި އޭނާ އަށް ހަމަލާ ދިނުމުގައި ހަތަރު މީހަކު ފެނެއެވެ. އޭގެ ތެރެއިން އެކަކު ހުރީ މޫނު ވެސް ނުފޮރުވައެވެ. އަދި ވީޑިއޯ އިން އޭނާގެ މޫނު ސާފުކޮށް ފެނެއެވެ. 

މި ތަހްގީގާ ބެހޭ ގޮތުން މިހާތަނަށް ފުލުހުން ތަފްސީލެއް ހާމަކޮށްފައި ނުވާ އިރު އެއީ އޮޅިގެން ދެވުނު ހަމަލާއެއްކަން ދޭހަވާ ގޮތަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވާހަކަ ދައްކަވާފައެވެ. ރައީސް ވިދާޅުވީ ކުށްވެރިއަކީ އަނަސް ނޫން ކަމަށާއި އޭނާ ލައިގެން ހުރި ޓީޝާޓް ކަމަށެވެ. 

- ކޮމެންޓް