ކ. މާލެ
|
28 މެއި 2024 | އަންގާރަ 10:21
ކުވޭތީ ސްޕެޝަލްޓީ ހޮސްޕިޓަލް ގައި ޒަޚަމްވެފައިވާ ކުއްޖަކަށް ފަރުވާދެނީ
ކުވޭތީ ސްޕެޝަލްޓީ ހޮސްޕިޓަލް ގައި ޒަޚަމްވެފައިވާ ކުއްޖަކަށް ފަރުވާދެނީ
އަލް- ޖަޒީރާ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
އިޒްރޭލުގެ ހަމަލާ ތަކުގެ ސަބަބުން ރަފާ ސިޓީގައި ޚިދުމަތްދޭ 2 ހޮސްޕިޓަލުގެ ތެރެއިން 1 ހޮސްޕިޓަލް ބަންދު ކޮށްފި
 
ހޮސްޕިޓަލް ބަންދު ކުރީ އިޒްރޭލުގެ ހަމަލާތަކުގައި 2 މުވައްޒަފުން މަރުވުމާ ގުޅިގެން

އިޒްރޭލުގެ ހަމަލާ ތަކުގެ ސަބަބުން ރަފާ ސިޓީގައި ޚިދުމަތް ދެވޭ ވަރަށް މިހާރު ހުރި 2 ހޮސްޕިޓަލުގެ ތެރެއިން ކުވޭތީ ސްޕެޝަލްޓީ ހޮސްޕިޓަލް ބަންދު ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޮސްޕިޓަލް ބަންދު ކުރަން މަޖުބޫރުވީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އެ ހޮސްޕިޓަލުގެ 2 މެޑިކަލް ސްޓާފުން ދުނިޔެ ދޫކުރުމާ ގުޅިގެން ކަމުގައެވެ.

އަނެއް ކޮޅުން އިޒްރޭލުން ގެންދަނީ ރަފާ އަށް ދެމުންދާ ހަމަލާތައް ފުޅާކޮށް އިތުރު ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ. އިތުރު ސަރަހައްދު ތަކަށް މި ދިން ހަމަލާ ތަކުގައި ވެސް އެތައް ފަލަސްތީން ރައްޔިތުންނެއް މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުގެ ހަމަލާތައް އިތުރު މި ކުރީ، ގެދޮރު ގެއްލިފައިވާ ފަލަސްތީންގެ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭ ކޭމްޕަކަށް ވަރުގަދަ ހަމަލާތަކެއް ދީ އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވި ހާދިސާއާ ގުޅިގެން ދުނިޔޭގެ ނުރުހުން އިޒްރޭލަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ކޭމްޕް ސަރަހައްދަށް އިޒްރޭލުން ދިން ހަމަލާގައި 45 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަން ފާހަގަ ކުރެވެއެވެ. އިޒްރޭލުން ބުނެފައިވަނީ އާއްމުންގެ ގިނަ ބަޔަކު މަރުވި މި ހަމަލާ އަކީ އިޒްރޭލަށް ހެދުނު ބޮޑު ގޯހެއް ކަމަށް ގަބޫލު ކުރާ ކަމަށާއި އެކަން ތަހުގީގު ކުރަމުން ދާ ކަމަށެވެ. އިޒްރޭލުން އިތުރަށް ބުނެފައިވަނީ އެ ހަމަލާ އަކީ ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން ގާޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 36،050 ފަލަސްތީނުގެ ރައްޔިތުން މަރުވެފައިވެއެވެ. އަދި 81،026 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް