ކ. މާލެ
|
27 މެއި 2024 | ހޯމަ 18:39
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
ފޭސްބުކް
އެމްޑީޕީ ޕީޖީ ގްރޫޕް
އެމްޑީޕީ ޕީޖީ ލީޑަރަކަށް ނާޒިލް
ސެކްރެޓަރީ ޖެނެރަލްއަކަށް އިންތިހާބުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް
ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް އިންތިހާބު ކުރީ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު އަދި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ

އެމްޑީޕީ ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހޮވައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ މަޤާމްތަކަށް މެންބަރުން ކުރިމަތިލުމަށް ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

ހުޅުވާލި މަގާމުތަކަކީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ، ޕާލިމެންޓަރީ ގްރޫޕްގެ 2 ނައިބު ލީޑަރުން، ސެކްރެޓަރީ ޖެނެރަލް، ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަދި ޗީފް ވިޕާއި، 2 ވިޕުންނެވެ.

އެމްޑީޕީން ހޯމަ ދުވަހު ބުނީ ޕާލިމަންޓަރީ ގްރޫޕްގެ މަޤާމްތަކަށް މެންބަރުން އައްޔަންކޮށްފައިވާ ކަމަށެވެ.

މަގާމުތަކަށް ހޮވުނު މެންބަރުން؛

ޕީޖީ ލީޑަރު – ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ޑެޕިއުޓީ ޕީޖީ ލީޑަރު – ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު

Advertisement

ޑެޕިއުޓީ ޕީޖީ ލީޑަރު – މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ

ސެކްރެޓަރީ ޖެނެރަލް – ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް

ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް – މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު

ޗީފް ވިޕް – ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު

ވިޕް – ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

ވިޕް – ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު

- ކޮމެންޓް